ޚަބަރު
ސިފައިންގެ ބާރު ނުހިނގާ ގޮތަށް ރާއްޖެއަކު އެއްވެސް އަސްކަރީ މަރުކަޒެއް ނުހުންނާނެ – ޝަމާލް

ދިވެހި ސިފައިންގެ ބާރު ނުހިނގާ ގޮތަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް އަދި އުޅަނދެއް ވެސް އޮޕަރޭޓު ކުރެވެމުން ނުދާ ކަމުގެ ޔަގީންކަން ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ދެއްވައިފިއެވެ.

މިރޭގެ ދައުލަތުގެ މީޑިއާއިން ފުރަތަމަ ގެނެސްދިނީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިންޓަވިއު އެވެ. ޝަމާލް އެންމެ ބޮޑަށް ފާހަގަކުރެއްވީ ދިވެހި ސިފައިންގެ ބާރު ނުހިނގާ އެއްވެސް އަސްކަރީ މަރުކަޒެއް ނުވަތަ ސަރަހައްދެއްވެސް ރާއްޖޭގައި ނުހުންނާނެ ކަމަށެވެ.

ގިނަ އަދަދެއްގެ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ކުރެވޭ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި ޝަމާލް ވިދާޅުވި ގޮތުގައި، 2011 ވަނަ އަހަރުން ފެށިގެން ދިވެހި ސަރުކާރުން އެދިގެން އެކި ފަހަރު މަތިން އިންޑިޔާ ސަރުކާރުން ވަނީ ރާއްޖެއަށް ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓާއި ކޯސްޓުގާޑުގެ އުޅަނދުތައް ހަދިޔާކޮށްފަ އެވެ.

އެ އުޅަނދުތައް ބޭނުންކުރަމުންދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި ބަލިމީހުން އުފަލަން ކަމަށް ވިދާޅުވި އެވެ.

މި ހަރަކާތްތަކަކީ ދިވެހި ސިފައިން އަންގައިގެން، ކޮންޓްރޯލް އޮވެގެން ހިންގޭ ހަރަކާތްތަކެއް

ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން އިންޑިޔާގެ އަސްކަރީ ޕައިލެޓުން ތިބޭ ތިބުމަށް އިޝާރާތް ކުރައްވައި ޝަމާލް ވިދާޅުވި އެވެ.

ދިވެހި ސިފައިންގެ ބާރު ނުހިނގައި ގޮތަށް އިންޑިޔާ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކާއި މަރުކަޒުތައް ހުރި ކަމަށް އިދިކޮޅު ފަރާތްތަކުން އިސްވެ ކުރާ ތުހުމަތުތަކަށް ވެސް ޝަމާލް ވަނީ ޖަވާބު ދެއްވައިފަ އެވެ.

“ދިވެހި ސިފައިންގެ ބާރު ނުހިނގާ އަސްކަރީ އެއްވެސް މަރުކަޒެއް ނޯންނާނެ،”

“ދިވެހި ސިފައިންނަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނެގެހެއްޓުމުގައި ސާބިތުކަންމަތީ މަސައްކަތް ކުރާ ބައެއް ކަން،” އޭނާ އިތުރަށް ވިދާޅުވި އެވެ.

ޝަމާލްގެ އިތުރުން، ވައިސް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި، މޭޖާ ޖެނެރަލް ވައިސް ވަހީދާއި މޭޖާ ޖެނެރަލް ހާމިދު ޝަފީގު، ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ހިލްމީ، ބްރިގޭޑިއާ ޖެނެރަލް ޑރ. އަލީ ޝާހިދު މުހައްމަދު، ބްރިގޭޑިއާ ޖެނެރަލް އަހުމަދު ގިޔާސް، ބްރިގޭޑިއާ ޖެނެރަލް އިސްމާއިލް ރަޝީދު ވަނީ މިރޭ ޕީއެސްއެމަށް އިންޓަވިއު ދެއްވާފަ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!