ޚަބަރު
މިއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހަންވީ ވަގުތު – ދަ ޑިމޮކްރެޓްސްގެ މަޖިލިސް މެންބަރުން

މިއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހަންވީ ވަގުތު ކަމަށް ދަ ޑިމޮކްރެޓްސްގެ މަޖިލިސް މެންބަރުން ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ ނިޒާމާމެދު ސިޔާސީ ޕާޓީތަކުން ގޮތެއް ނިންމުމުގެ ބަދަލުގައި ނިޒާމާމެދު ރައްޔިތުން ދެކޭ ގޮތް ސާފުކުރަންޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބު ކައިރިވާއިރު ސިޔާސީ ގޮތުން ބަޔަކު ތިބެނީ ބަންދުގައި ކަމަށާއި އެބޭފުޅުން މިނިވަންކުރުމަށް އެ ބޭފުޅުންގެ ޕާޓީތަކުންނާއި ސަޕޯޓަރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

“އިންތިހާބުގައި ވޯޓަކަށް އަންނައިރު ރައްޔިތުން ބޭނުންވާ ކަންކަމަށް ވޯޓުލުމުގެ ބަދަލުގައި ބޮޑަށް ފާހަގަކުރެވެނީ އެހެން މަގުސަދެއްގައި ހާސިލުކުރުމަށް ވޯޓަށް ދެވޭތަން،”

މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން މިހާތަނަށް ކޮންމެ ރިޔާސީ އިންތިހާބެއްގައި ބޭއްވުނީ އެއިރެއްގައި އޮންނަ ވެރިކަން ބަދަލުކުރުމަށް ކަމަށް އިލްޔާސް ވިދާޅުވި އެވެ.

މީގެ އިތުރުން އިލްޔާސް ވަނީ ރިޔާސީ އިންތިހާބު އެއް ޕާޓީއަށް އެއް ބުރުން މިހާތަނަށް ކާމިޔާބު ނުކުރެވޭކަން ފާހަގަކުރައްވާފަ އެވެ.

“އަޅުގަނޑު ދެކޭ ގޮތުގައި މިއީ އަނެއްކާވެސް ރައްޔިތުން އަރިހުން އަޅުގަނޑުމެން ސާފުކުރަންވީ ވަގުތު ރައްޔިތުން މި ނިޒާމާދޭތެރޭ ދެކެނީ ކިހިނެތްތޯ. އަޅުގަނޑުމެން އެކިއެކި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން މި ކަމަށް ވަކި ގޮތެއް ނުނިންމަވާ ރައްޔިތުން ކައިރިން އަހާލަން އެބަޖެހޭ ރައްޔިތުން ދެކިވަޑައިގަންނަވާ ގޮތުގައި މި ނިޒާމު ރަނގަޅުތޯ ނޫންތޯ،”

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ޜައްއިތުން

    މިނިޒާމު ރަގަޅު