ޚަބަރު
ސިވިލް ކޯޓުގެ އިސްގާޒީ ކުއްލިއަކަށް އަވަހާރަވެއްޖެ

ސިވިލް ކޯޓުގެ އިސްގާޒީ އަހްމަދު ނިމާލް ޖުނައިދު ރޭ ދަންވަރު ކުއްލި ގޮތަކަށް އަވަހާރަވެއްޖެ އެވެ.

މިދިޔަ މެއި މަހު އިސްގާޒީ ކަމުގެ މަގާމަށް އައްޔަންކުރެއްވި ނިމާލް އަވަހާރަވީ އުމުރުން 36 އަހަރުގަ އެވެ.

ނިމާލް ކުއްލި ގޮތަކަށް އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ވަނީ އެނގިފަ އެވެ. ނަމަވެސް މަރާ ގުޅޭ ގޮތުން އަދި ތަފްސީލެއް ނުލިބޭތީ އެކަށް ކަށަވަރެއް ނޫނެވެ.

ނިމާލްގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގަ އެވެ.

ނިމާލް ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރެއްވި މާޗް މަހު އެވެ. އެ ކޯޓުގެ އެންމެ ޒުވާން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނިމާލް އިސްގާޒީ ކަމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަލީ ރިޓަޔާކުރެއްވުމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!