ޚަބަރު
ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް އިތުރު “އަދަބެއް” ދެނީ

ކޮވިޑް-19 އިން ދިފާއު ވުމަށް ވެކްސިން ފުރިހަމަ ނުކުރާ ރަށްރަށުގެ މީހުންނަށް އިތުރު “އަދަބެއް” ދޭން ސަރުކާރުން ނިންމައިފިއެވެ.

އަދި މިއަދަބު، މިހާތަނަށް އެޗްޕީއޭ އިން އާއްމުކޮށް އިއުލާން ނުކުރި ނަމަވެސް ހއ.ދިއްދޫ މޮނިޓަރިންގެ ހާލަތުން ނެގުމަށް އަންގައި އެޗްޕީއޭ އިން ފޮނުވި ލިޔުމުގައި ވަނީ ރަށުގެ އާބާދީގެ %60 މީހުން ވެކްސިން ފުރިހަމަ ކުރަންދެން ރަށުން ފުރާ މީހުން ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަން ޖެހޭނެ ކަމަށެވެ.

އެޗްޕީއޭގެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދިއްދޫގެ އާބާދީގެ ތެރެއިން ކޮވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައި ވަނީ ދިއްދޫގެ އާބާދީގެ އެންމެ %27 މީހުންނެވެ.

ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތްތަނުގައި މޮނިޓަރިން އުވާލާ ހުރިހާ ރަށެއްގައި ވެސް ރަށުގެ އާބާދީގެ %60 މީހުން ވެކްސިން ފުރިހަމަ ކުރަންދެން ރަށުން ފުރާ މީހުން ކޮވިޑަށް ޓެސްޓް ކުރަން ސުންކު ނަގަން ޖެހޭނެއެވެ.

ސަރުކާރުގެ އަމާޒަކީ މިހިގާ އޮގަސްޓް މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ %90 މީހުންނަށް ވެކްސިން ދިނުމަށެވެ. ވެކްސިން ފުރިހަމަ ނުކުރާ މީހުން ކެފޭތަކަށް ވަނުން މަނާކޮށް، ޑޮމެސްޓިކް ފްލައިޓްތަކުގައި ދަތުރު ނުކުރެވޭ ގޮތަށް ހަދަންށާއި އަދި އިތުރު ޝަރުތުތައް ކުރަން އެޗްޕީއޭ އިން ވަނީ މުއައްސަސާތަކަށް އަންގާފައެވެ.

ރާއްޖެއިން މިހާތަނަށް ވެކްސިންޖަހާފައިވާ އަދަދުތަކަށް ބަލާއިރު، 331000 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި ކޮވިޑް19ގެ ވެކްސިންގެ ދެޑޯޒް ޖެހި މީހުންގެ އަދަދު 285000 އަށް އަރައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!