ޚަބަރު
ކުޅުދުއްފުއްޓާއި ދިއްދޫ މޮނިޓަރިން ހާލަތުން ނަގައިފި

ކުޅުދުއްފުށި ސިޓީ އާއި ދިއްދޫ މޮނިޓަރިން ހާލަތުން ނަގައިފިއެވެ.

ކުޅުދުއްފުށި ސިޓީ އިން ކޮވިޑް ފެނިގެން މިފަހުން ބަންދު ކުރީ ޖުލައި މަހުގެ 24 ވަނަ ދުވަހެވެ. އެ ދުވަހު އެ ސިޓީއަށް އަރާ ފޭބުން މަނާކޮށްފައި ވަނީ ފްލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖަކު ފައްސިވުމުންނެވެ.

އެ ސިޓީ ހުޅުވާލިކަން އަންގާ އެޗްޕީއޭއިން މިއަދު އިރުއޮއްސި 18:30ގައި ފޮނުވި އިއުލާނުގައި ވަނީ އެރަށުގެ މޮނީޓަރިންގ ހާލަތު އުވާލާފައިވާކަން އަންގާފައެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި އާބާދީގެ ފަސް އިންސަައްތަ މީހުންގެ ވަކި ތަރުތީބެއް ނެތި ސުންކު ނަގަން އެ ލިޔުމުގައި ވެއެެވެ.

ހއ. ދިއްދޫ މޮނިޓަރިންއަށް ލާފައި ވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހު އަލާމާތްތަކެއް ހުރެގެން ޑޮކްޓަރަށް ދެއްކި މީހަކު ކޯވިޑަށް ޕޮޒިޓިވް ވުމުންނެވެ. މިއަދާއި ހަމައަށް އެރަށުން 27 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ. މޮނިޓަރިން ހާލަތުން ނަގާފައި ވަނީ ކުރިއަށް އޮތް 7 ދުވަސްތެރޭ ރަށުގެ އާބާދީގެ 5 އިންސައްތަ މީހުންގެ ރެންޑަމް ސާމް ނެގުމަށާއި އާބާދީގެ 60 އިންސައްތައަށް ކޯވިޑް ވެކްސިން ދެވެންދެން ރަށުން ފުރާ އެންމެން ސާމްޕަލް ނެގުމަށް އެންގުމަށްފަހު އެވެ.

މޮނިޓަރިން އުވާލި ނަމަވެސް ހުރިހާ ރައްޔިތުން އަބަދުވެސް ކޯވިޑް-19 އިން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ރަށްރަށުގެ ކައުންސިލްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!