ޚަބަރު
ހިރިމަރަދޫ ސުކޫލްގެ ހާލަތު ބެލުމަށް މިނިސްޓްރީގެ ޓީމެއް

ހދ.ހިރިމަރަދޫ ސްކޫލުގެ އިންތިޒާމްތައް ހަމަނުޖެހި ހުރިކަމަށް ބުނެ ޝަކުވާތައް ބޮޑުވުމާ ގުޅިގެން އެ ސްކޫލުގައި ހާލަތު ބެލުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮސްފިއެވެ.

ދިރާސީ އާއަހަރުގެ ކިޔެވުން އިއްޔެ ފެށުނު އިރު އިއްޔެ ހިރިމަރަދޫ ސުކޫލްގެ ދަރިވަރުން ސުކޫލަށް ފުނުވާފައެއް ނުވެއެވެ. އިއްޔެ ދަރިވަރުން ސުކޫލަށް ނުފުނުވާ ސަބަބެއް ކަމުގައި ބެލެނެވެރިން ބުނީ ކިޔެވުން ފެށުމުގެ އިންތިޒާމް ހަމަޖެހިފައި ނުވާ ކަމަށާއި އަދި ގިނަ ދަރިވަރުންނަށް ބޮޑު ފޮތްތަށް ހަމަ ނުވާ ކަމުގައެވެ.

މީގެ އިތުރުން ސުކޫލާއި ހަވާލުވެ ހުންނެވި އިންޑިއާގެ ޕްރިންސިޕަލާއި މެދު ހިތް ހަމަނުޖެހުން ވަނީ ފާޅުކޮށްފައެވެ. އެގޮތުން އެ ސުކޫލުގައި ބިދޭސީ ޓީޗަރުންނާއި ދިވެހި ތީޗަރުންގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ހަމައެއާއެކު އެ ސުކޫލްގައި ތިބި ދުވަސްވީ ޓީޗަރުންގެ ފަރާތުން ދަރިވަރުންގެ ކިބައިން ނަތީޖާ ނުނެރެވޭ މައްސަލަވެސް ވަނީ ފާހަގަކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީ މިއަދު ނެރުނު ބަޔާނުގައި ހިރިމަރަދޫ ސުކޫލްގެ ހާލަތު ބެލުމަށް މިނިސްޓްރީގެ ޓީމެއް ފުުނުވާފައިވާނެ ކަމަށާއި، އެ ޓީމް އެސުކޫލްގައި ހުރި މައްސަލަތައް ބަލައި ފާހަގަ ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެޓީމުން ފާހަގަ ކުރަށްވާ ކަންތަކާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވަނީ ބުނެފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!