ޚަބަރު
ތިލަމާލެ ބްރިޖް މުއްދަތަށް ނުނިމުނު ކަމަށް ފުރަތަމަ ފަހަރަށް ރައީސް ސޯލިހު އެއްބަސްވެވަޑައިގެންފި

ތިލަމާލެ ބްރިޖު ނިންމަން ކަނޑައެޅި މުއްދަތުގައި ނުނިމުމުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފުރަތަަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ އެ މަޝްރޫއު ނިންމުނުނަމަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ނަތީޖާއަށް ވެސް ހެޔޮ އަސަރެއް ކުރާނެ ކަމަށެވެ. ނަމަވެސް ޓެކްނިކަލް ގިނަ މައްސަލަތަކާއި ގުޅިގެން މަޝްރޫއުގެ މަސައްކަތްތައް ލަސްވެފައިވާ ކަމަށާއި އަދި ދެރަވެވަޑައިގަންނަވާ ކަމަށެވެ.

ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާއިރު، މާލެއިން ތިލަފުއްޓަށް އަޅާ ބްރިޖުގެ މަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި އެއަށްފަހު ބްރިޖް ގިރާވަރާ ހަމައަށް ގުޅާލުމަށް ނިންމާފައިވެއެވެ.

މުޅި ދުނިޔޭގައި ވެސް އެންމެ އުސްކޮށް ހަދާ ޕްރީކާސްޓް ސެގްމަންޓުތައް ހުންނާނީ މިހާރު ހަދަމުން އަންނަ ތިލަމާލެ ބްރިޖުގައި ކަމަށް، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފައިވެއެވެ. އެގޮތުން، ތިލަމާލެ ބްރިޖުގެ ސުޕަރ ސްޓްރަކްޗަރގެ ޕްރީކާސްޓް ސެގްމަންޓްތަކުގެ އުސްމިނުގައި 8.177 މީޓަރު ހުންނާނެކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން 3 ބުރިޖާއި، ކޯޒުވޭ އަދި މަގުތަކުގެ ނެޓްވޯކު ހަދާއިރު ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިންގ ސަރަހައްދުތައް ވެސް މި މަޝްރޫއުގެ ދަށުން ހަދާނެއެވެ.

މުޅި މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވެއެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ ރާއްޖޭގައި ހިންގާ އުމްރާނީ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ވާއިރު، އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރާއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!