ޚަބަރު
ސްކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމް މާދަން ފަށަނީ

ސްކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމް މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ.

ކުރިން މިޕްރޮގްރާމް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަވެސް މާދަމާ ބައެއް ރަށްރަށުގައި މިޕްރޮގްރާމު ފަށާނެކަން ބައެއް ސްކޫލްތަކަށް އަންގައިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މާލޭގައި މިޕްރޮގްރާމު ފަށާނެ ތާރީހެއް ވެސް އަދި ރަށްރަށުގައި ވެކްސިން ޖަހަން ފެށުމާ ބެހޭ ގޮތުން ވެސް އެޑިއުކޭޝަން މިނިސްޓްރީން އިތުރު އެއްވެސް މައުލޫމާތެއް ސާފުކުރެވޭ ގޮތް އަދި ވަނީ ނުވެފައެވެ.

ސުކޫލް ކުދިންނަށް ވެކްސިން ދެނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ސުކޫލްތަކާއި ގުޅިގެން ނަމަވެސް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ވެކްސިން ޖަހާ ސެންޓަރުތަަކަށް ހާޒިރު ކޮށްގެން ކަމަށް މީގެ ކުރިން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ވެކްސިން ދެމުން ގެންދިޔައީ 18 އަަހަރުން މަތީގެ މީހުންނަށް އެކަންޏެވެ. ސުކޫލް ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ފައިޒާ ވެކްސިންނެވެ. މީގެ ކުރިން މި ވެކްސިންގެ ޑޯޒްތަށް ހުސްވެފައިވީ ނަމަވެސް އެ ވެކްސިންގެ އިތުރު 128،700 ޑޯޒް އެމެރިކާގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ހަދިޔާކޮށްފައި ވުމާއެކު ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމް ފެށޭގޮތް ވަނީ ވެފައެވެ.

ސުކޫލް ދަރިވަރުންގެ ތެރެއިން 12 އަހަރާއި 17 އަހަރާއި ދެމެދުގެ އުމުރުފުރާގެ ހުރިހާ ދަރިވަރުންނަށް މި އޮގަސްޓް މަސް ނިމުމުގެ ކުރިން ފުރަތަމަ ޑޯޒް ދީ ނިންމާލުމަށް ވަނީ އަމާޒުކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!