ޚަބަރު
މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭއަށް އަވަސް ހައްލެއް ބޭނުންވޭ : މެމްބަރ ފިރުޝާން

ގދމަޑަވެއްޔާއި ގދ.ހޯނޑެއްދޫ އާއި ދެމެދު އަޅާފައިވާ ކޯޒްވޭއަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރ ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

މެމްބަރ ފިރުޝާން މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މި ޓްވީޓްގައި މެމްބަރު އިތުރަށް ވިދާޅުވީ، ހޯނޑެއްދޫއިން 6.7 ހެކްޓަރުގެ ބިން މިހާރުވެސް ހަލާކުވެފައިވާ ކަމަށެވެ. އަދި އެހެން އެކަން ވުމުގެ ސަބަބުން މަޑަވެލި ހޯނޑެއްދޫ އަށް އަގު ނުކުރެވޭވަރު ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށްވެސް މެމްބަރ ފިރުޝާން ގެ ޓްވީޓްގައި ވަނީ ބުނެފައެވެ.

މަޑަވެލި-ހޯނޑެއްދޫގެ ކޯޒްވޭގެ މައްސަލަ އެ ދެރަށުގެ ރައްޔިތުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. 2018 ވަނަ އަހަރުގެ އޮކްޓޫބަރ މަހު ތެރޭގައި ރަށުތެރެއަށް ލޮނު އަރާ ފެންބޮޑުވެ ގެއްލުންތައް ވަމުން ދާތީ ރައްޔިތުން ނިކުމެ ކޯޒްވޭ ކާނޑާލިއެވެ. އެހެން ނަމަވެސް، ފަހުން ވަނީ ކޯޒްވޭ މަރާމާތު ކޮށްފައެވެ.

440 މީޓަރުދިގު އަދި ފުޅާ މިނުގައި ހަތް މީޓަރު ހުންނަ މި ކޯޒްވޭގެ މަސައްކަތް ފެށުނީ 2016 ވަނަ އަހަރު ޑިސެމްބަރ މަހު ތެރޭގައެވެ. އަދި އެ މަސައްކަތަކީ 29 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން 2018 ވަނަ އަހަރު ނިންމާފައިވާ މަސައްކަތެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!