ޚަބަރު
އިންޑިޔާގައި ފުލުހެއްގެ މައްސަލަ ބޭޒާރުކޮށްލި ނޫސްވެރިޔަކު މަރާލައިފި

ފުލުހެއްގެ ޤާނޫނާ ޚިލާފު އަމަލުތަކެއް ބޭޒާރުކޮށްލި ނޫސްވެރިއަކު މަރާލައިފި ކަމަށް، އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ. މިކަން ހިގާފައިވަނީ އިންޑިޔާގެ އަންދްރާ ޕްރަދޭޝްގެ ނަންޑަޔާލް ސިޓީގައެވެ.

ފާއިތުވިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އިންޑިއާގެ ޗެނަލް އީވީ5ގެ ރިޕޯޓަރު ޗެންނާކެޝަވުލޫ މަރާލި ކަމަށް ތުހުމަތުކޮށް، ހައްޔަރުކޮށްފައި ވަނީ ޕޮލިސް ކޮންސްޓެބަލް ވެންކަޓާ ސުއްބަޔާ އާއި އޭނާގެ ބޭބެ ނާނީއެވެ. ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ކޮންސްޓެބަލް ސުއްބަޔާ ހަމަލާ ދިނީ، ސުއްބަޔާ އާ ކްރިމިނަލް ގްރޫޕްތަކާ ގުޅުން އޮތް ކަމަށް ނޫސްވެރިޔާ، ކެސަލުވޫ މީގެ މަހެއްހާ ދުވަސް ކުރިން އޭނާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ރިޕޯޓު ކުރުމުންނެވެ. އަދި ނޫސްވެރިޔާގެ މި ތުހުމަތަކާ ގުޅިގެން ކޮންސްޓަބަލް ސުއްބަޔާ މީގެ ދެހަފްތާ ކުރިން ވަނީ ސަސްޕެންޑުކޮށްފައެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ކޮންސްޓަބަލް ސުއްބަޔާ އަދި އޭނާގެ ބޭބެ ނާނީ ނޫސްވެރިޔާއަށް ހަމަލާ ދީފައިވަނީ އިސްކުރު އަނބުރާ ކަށިގަނޑަކުންނެވެ. އަދި ހަމަލާއަށް ފަހު ކެސަވުލޫ ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދެވުނުއިރު ނޫސްވެރިޔާވަނީ މަރުވީއެވެ.

މި ހާދިސާއާއި ގުޅިގެން، އެ ސަރަޙައްދުގެ ޕޮލިސް މެނޭޖަރ ބުނެފައިވާގޮތުން، ނޫސްވެރިޔާ މަރާލުމުގައި ބައިވެރިވެފައިވާ ކޮންސްޓަބަލް އަދި އޭނަގެ ބޭބެ އިންސާފުގެ ކުރިމައްޗަށް ގެނެވޭނެއެވެ.

ނޫސްވެރިޔާގެ މަރާއި ގުޅިގެން ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް)އިން ވަނީ އެ މައްސަލައިގެ ޝަރީއަތް ވީހާވެސް އަވަހަށް ކުރިޔަށް ގެންދިޔުމަށް ގޮވާލާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!