ޚަބަރު
ދާންދޫ ޑްރަގްސް އޮޕަރޭޝަނާ ގުޅިގެން އަޅުގަނޑުގެ ފޯނު ހިފައްޓަން ޖެހޭ ސަބަބެއް ނެތް: ދާންދޫ އާސިފް

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ދާންދޫގައި ހިންގި ބޮޑު އޮޕަރޭޝަނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި، އެކަމުގެ އެއްވެސް ވާހަކައެއް އެހެން ބަޔަކާ ހިއްސާކޮށްފައިވެސް ނުވާނެ ކަމަށް ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވިދާޅުވެއްޖެއެވެ.

އާސިފް މިހެން ވިދާޅުވީ، ފުލުހުން އާސިފްގެ އިތުރުން އިތުރު ތިން ފަރާތެއްގެ ފޯނު ހިފަހައްޓާފައިވާ މައްސަލާގައި ބަހެއް ހޯދުމަށް “ހުވަދޫ ނިއުސް” އިން އާސިފް އަށް ގުޅާލުމުންނެވެ. އާސިފް ވިދާޅުވީ އެވާހަކަ ތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި، އޭނާއަށް ފުލުހުން އެރަށުގައި ހިންގި އޮޕަރޭޝަންގެ މައުލޫމާތު ލިބިފައި ނުވާކަމަށެވެ.

އާސިފް ވިދާޅުވީ އޭނާއަކީ ދުވަހަކުވެސް މަސްތުވާތަކެތީގެ ކަމެއްގައި އުޅުނު މީހެއް ނޫންކަމަށާއި، އަދި މިހާތަނަށް އެއްވެސް މައްސަލައެއްގައި ފުލުހަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައިނުވަނެ ކަމަށެވެ. މިކަމަކީ ބަޔަކު ސިޔާސީގޮތުން އޭނާގެ އަގުވައްޓާލަން ރާވައިގެން ކޮށްފައިވާ ކަމެއްކަމަށެވެ. އަދި އޮންލައިން ނޫސް “ވަގުތު” އަށް ބަޔަކު ދެއްވާފައިވާ މައުލޫމާތުތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި މިފަދަ ކަންކަމުގައި އޭނާގެ ފަރާތުން ފުލުހުންނަށް ލިބެންޖެހޭ ހުރިހާ އެއްބާރުލުމެއް ލިބެމުންދާނެ ކަމަށާއި، ކުރިމަގުގައި ވެސް އޭނާގެ ވިސްނުމަކީ ފުލުހުންނާއި ގުޅިގެން ރަށުގައި ހުންނަ މިކަހަލަ ކަންތައްތައް ހައްލުކުރުމަށް މަސައްކުރުން ކަމަށްވެސް އާސިފް ވިދާޅުވިއެވެ.

މިކަމާގުޅިގެން އިއްޔެ ފުލުހުން ވިދާޅުވީ ދާންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނަކާ ގުޅޭ މައުލޫމާތު ލީކުކޮށްލި މައްސަލައިގައި ހަތަރު މީހެއްގެ ފޯނު ހިފަހައްޓާފައިވާ ކަމަށާއި، އޭގެ ތެރޭގައި އެރަށު ކައުންސިލްގެ ރައީސް އާސިފްގެ ފޯނުވެސް ހިމެނޭ ކަމަށެވެ. އަދި ފުލުހުން އާސިފްގެ މައްޗަށް ތުހުމަތު ކުރަނީ އެއޮޕަރޭޝަންގެ މައުލޫމާތު އެހެން ބަޔަކަށް ދިންކަމުގެ ތުހުމަތެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. މަސްވެރިޔާ

    މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ފުލުހުން ހިންގަން އުޅޭކަމުގެ މައުލޫމާތު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތިމާގެ ކޮއްކޮއަށް ދިނީމާ ފޯނުހިފަހައްޓާނެ. ސިޔާސީ މަޤާމަކަށް އެރުނީމާ ހިތަކަށް ދުނިޔެ ލިބުނީކަމަށް ހީކުރީދޯ؟