މައުލޫމާތު
މުރަނގަ ކްރީމީ ސްޕެގެޓީ، އަޖުމަ ބަލާލަމާ ހިނގާ!

މުރަނގަ ފަތަކީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު އިތުބާރެއް ދެވިފައިވާ އެހާމެ ސިއްހަތަށް ފައިދާ ހުރި ބާވަތުގެ ފެހިފަތެކެވެ. ތެލުލައިގެން ކެއުމަށްވުރެ މި ފަތުގެ ފައިދާ ލިބޭނެ އެހެން ގޮތްތައް އެބަހުއްޓެވެ. އެއްވެސް ގޮތެއް ނުހަދާ ތާޒާކޮށް ހުންނަ ފަތަކީ އެންމެ ފައިދާ ހުރި ވައްތަރުކަން ގައިމެވެ. އެހެންނަމަވެސް މީރު ޑިޝްއެއް ތައްޔާރުކޮށްލުމަށް މިފަދަ ސިއްހަތަށް ފައިދާ ހުރި ވައްތަރެއް ބޭނުން ކޮށްލުމަކީ މާ ބޮޑަށްވެސް މޮޅު ގޮތެއްކަން ގައިމެވެ.

ދިވެހިންގެ މެދުގައި މީރުކަމަށް މަގްބޫލު ޕާސްތާ، ސްޕެގެޓީ، ޕެނޭ، މުރަނގަފަތް ބޭނުންކޮށްގެން ކައްކާލަމާ ހިނގާށެވެ. ޔަގީނުންވެސް ކުރެވިފައިވާ ތަޖުރިބާގެ އަލީގައި ބުނަން އޮތީ “މުރަނގަޕޭސްޓް ވަކި ޕެސްތޯ އަކަށް ދޫނުކުރާނެކަން ޔަގީނެވެ. އެހެންވީމާ ޕެސްތޯ ޕާސްތާއަކަށްވުރެ މުރަނގަޕާސްތާ ތަޖުރިބާކޮށްލުން ކީއްތޯއެވެ.

ބޭނުންވާ ތަކެތި

  • 250 މިލިލީޓަރު ކުކިންގ ކްރީމް
  • 100 ގްރާމް މުރަނގަފަތް (ތަނޑި ނައްޓާފައި)
  • 200 ގްރާމް ސްޕެގަޓީ
  • 2 މޭޒުމަތީ ސަމުސާ ލުބޯހުތް
  • 3 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
  • 1 ސައިސަމުސާ މުގުރި އަސޭމިރުސް
  • 1 މެދު ފިޔާ (ތުނިކޮށް ކޮށައިފައި)
  • 5 ލޮނުމެދު
  • ½ ދަޅުމަސް
  • ލޮނު

ތައްޔާރު ކުރާނެ ގޮތް

ތެއްޔެއްގައި ފެން ކައްކާފައި އޭގައި ސްޕެގަޓީ މަޑުކުރުމަށް އުދާށެވެ. ޗަސް ނުވާހެން، މީރު ވަރަކަަށް، ސްޕެގެޓީ މަޑުކުރާއިރު ކުޑަތެޔޮފޮދެއް އެއަށް އަޅާށެވެ. އޭރަށް ސްފެގެޓީ ޗަސްނުވާނެއެވެ. ފިޔައާއި ލޮނުމެދު ކުދިކޮށް ކޮށައިލާށެވެ. އެއަށްފަހު ކުކިންގ ކްރީމް، މުރަނގަފަތް އަދި ލުބޯހުތް މިކްސްޗަރެއްގައި ރަނގަޅަށް ގިރައިލާށެވެ.

ހޫނު ތަވައަކަށް އޮލިވް އޮއިލް އެޅުމަށް ފަހު ފިޔައާއި ލޮނުމެދު ރަނގަޅަށް މީރުކޮށްލާށެވެ. މަސްދަޅު އެއްކޮށްލުމަށްފަހު މިނެޓެއްހާއިރު ވަންދެން ކައްކައިލާށެވެ.

ކްރީމް މިކްސްޗަރ އަޅައި އޮލަވަންދެން ކައްކައިލާށެވެ. ޗީސް އަޅައިލުމަށްފަހު މިނެޓެއްހާއިރު ކައްކާށެވެ. ދެން އަސޭމިރުސް އެއްކޮށްލާށެވެ. ލޮނުހެޔޮވަރު ކޮށްލުމަށްފަހު މަޑުކޮށްފައިހުރި ސްޕެގަޓީއާ ރަނގަޅަށް އެއްކޮށްލާށެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!