އައްޑޫ ސިޓީ ފޭދޫ ސަހަރާ ކައިރީ ކުނިގޮނޑުގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު ހިތަދޫ ފަޔަރ ސްޓޭޝަނަށް މިރޭ 20:40 ހާއިރު ލިބުމާއެކު، އެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ދަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވަމުންނެވެ. މިގޮތުން. ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން ކުނިގޮނޑުގައި ރޯވެފައިހުރި އަލިފާން ވަނީ މިރޭ 21:19 ހާއިރު ކޮންޓްރޯލް ކޮށްފައެވެ.
ނަމަވެސް އަލިފާން ރޯވި ސަރަހައްދުން އިތުރަށް ދުން އަރާތީ، އައްޑޫސިޓީ ފޭދޫ ކައުންސިލާ ގުޅިގެން އެ ސަރަހައްދަށް ވެލިއެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.