ޚަބަރު
ކުންފުނީގައި ބޭނުންކުރާ އެއްވެސް ލިޔުމެއް ނައްތާލައިފައި ނުވާނެ: އެފްއެސްއެމް

ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯގައި ފެންނަނީ، ގިނަ އަހަރުތަކެއް ވަންދެން ގުދަންކޮށްފައިވާ، ބާ ލިޔެކިޔުންތަކެއް ކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފް.އެސް.އެމް) އިން މިއަދު ބުނެފި އެވެ.

އެމައްސަލައާއި ގުޅިގެން އެފްއެސްއެމްގެ މީޑިއާ އޮފިޝަލް ހުވަދޫއަށް ވިދާޅުވީ އެ ވީޑިއޯއިން ފެންނަނީ މިހާރު އެއްވެސް ގޮތަކަށް ބޭނުން ހިފޭ ލިޔެކިޔުންތަކެއް ނޫން ކަމަށެވެ.

އަދި އެފް.އެސް.އެމްގެ އެއްވެސް ލިޔެކިއުމެއް ނުގަވާއިދުން ނައްތާލުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެ ކަމަށެވެ. ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ހެދިފައިވާ ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

“ވީޑިއޯއިން ފެންނަނީ، ގިނައަހަރުތަކެއް ވަންދެން ގުދަން ކުރެވިފައި ހުރި އަދި މިހާރު އެއްވެސް ގޮތަކުން ކުންފުންޏަށް ބޭނުންވާނޭ ފަދަ ލިޔެކިއުންތަކެއް ނޫން. އެއްވެސް ލިޔެކިއުމެއް ނުގަވާއިދުން ނައްތާލުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެ. ކުންފުނީގެ މެނޭޖްމަންޓުން ދެކެނީ މިފަދަ ވީޑިއޯ ނަގައި މީސްމީޑިއާގައި ޙަޤީޤަތް އޮޅޭގޮތަށް ދައުރުކުރަމުންދަނީ، އާންމުންނާއި ކަސްޓަމަރުންގެ މެދުގައި ކުންފުންޏާމެދު ނުރަނގަޅު ތަޞައްވުރެއް އުފައްދައި، ކަމުގެ ހަގީގަތް އޮޅޭގޮތަށް ކަމަށް.” އޮފިޝަލް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!