ޚަބަރު
ހޮލިޑޭ ޑެސްޓިނޭޝަން އައިލެންޑް ކޮންސެޕްޓާ ގުޅޭގޮތުން ކޮލަމާފުށި ކައުންސިލާއި މިނިސްޓަރ މައުސޫމް ބައްދަލު ކުރައްވައިފި

ހޮލިޑޭ ޑެސްޓިނޭޝަން އައިލެންޑް ކޮންސެޕްޓާއި ގުޅޭގޮތުން ގއ ކޮލަމާފުށީ ކައުންސިލާއި މިނިސްޓަރ މައުސޫމް އަދި ޓުއަރިޒަމް އިންޑަސްޓްރީގެ އިސްބޭފުޅުންނާއި އެކު ބައްދަލު ކުރައްވައިފިއެވެ.

ޓުއަރިޒަމް މިނިސްޓަރު ދެކުނުގެ ހަތަރު އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ކޮލަމާފުށްޓައް ވަޑައިގެން އެރަށު ކައުންސިލާއި ބައްދަލުކޮށް މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ ކޮލަމާފުށީގައި ރަށުފަތުރުވެރިކަން ފެށުމާއި ހުއްޓިފައިވާ މާރަންދޫ ރިސޯޓު ޕްރޮޖެކްޓްގެ މަސައްކަތް އަވަސް ކުރުމަށް އަދި ކޮލަމާފުށި ކައިރިން އިތުރު ރަށްތައް ފަތުރުވެރިކަމަށް ހުޅުވާލައި ފަތުރުވެރިކަން ފުޅާކުރުމާއި ބެހޭގޮތުންނެވެ.

މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އަދި ހުވަދު އަތޮޅުގެ މަޖިލިސް މެމްބަރުން އަދި ގދ އަތޮޅު ކައުންސިލްގެ ރައީސް އަދި ގއ އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން މިނިސްޓަރގެ މިދަތުރުފުޅުގައި އެމަނިކުފާނާއިއެކު ބައިވެރިވެވަޑައިގަންނަވާ ޓުއަރިޒަމް އިންޑަސްޓްރީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތުދެއްވަމުން މެމްބަރު ސައުދު ހުސައިން ވިދާޅުވީ، އަމާޒަކީ ކޮލަމާފުއްޓަކީ ހޮލިޑޭ ޑެސްޓިނޭޝަން ކޮންސެޕްޓުގެ ހުރިހާ ސިފަތަކެއް ހިމެނޭ ރަށެއްގެ ގޮތުގައި އެރަށް ތަރައްގީކުރުން ކަމަށާއި، އެގޮތުން ކޮލަމާފުށްޓަކީ އެރަށް ކައިރީގައި ގުދުރަތީ ރީތި ރަށްތަކެއް އެކުލެވިގެންވާ ރަށެއްކަމަށް ވުމުން އެރަށަކީ މިކޮންސެޕްޓް ހިންގުމަށް އެންމެ އެކަށީގެންވާ ރަށް ކަމަށެވެ.

އެގޮތުން ވަރަށް އަވަހަށް ލޯކަލް ޓުއަރިޒަމަށް ހާއްސަކޮށް ތިން ގެސްޓް ހައުސް އެއް އެރަށުގައި ހުޅުވިގެން ދާނެ ކަމަށެވެ. މިދަތުރަކީ ހުވަދު އަތޮޅުގައި ލޯކަލް ޓުއަރިޒަމް އަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ދަތުރެއް ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!