ސަޕްލިމަންޓްރީ ބަޖެޓުގައި ހުންނަންޖެހޭނެކަމަށް މާލިއްޔަތު ގާނޫނުގައި ބުނާ ކަންކަން ފުރިހަމަކުރުމަށްފަހު އަނބުރާ މަޖިލީހަށް ފޮނުވައިފިއެވެ.
މި ބަޖެޓު މަޖިލީހިިން އަނބުރާ ފޮނުވާލީ މާލިއްޔަތު ގާނޫނުގަ ބުނާ ތަފްސީލުތައް ނުހިމަނާ އޮތުމުންނެވެ.
ޖުމްލަ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިމަހުގެ 18ވަނަ ދުވަހުއެވެ.
މި ބަޖެޓަކީ އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ މަސައްކަތްތަކަށް ވެސް ބޭނުންވާ ފައިސާ ވެސް ހިނަމައިގެން ފޮނުވާފައިވާ ބަޖެޓެކެވެ.
މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވަނީ 42.84 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މިއަހަރަށް އިތުރަށް 6.509 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ފިނޭންސުން ވަނީ ލަފާކޮށްފައެވެ.