ވާހަކަ
ކަލޭ ތިޔައީ ހާދަހާ ފަރުވާކުޑަ ޑަކުޓަރެކެވެ.

ކުއްލިގޮތަކަށް އޮޕަރޭޝަނެއް ކުރަންޖެހިގެން ބެލި އިރު ހޮސްޕިޓަލުގައި ޑަކުޓަރެއް ނެތެވެ. ޑަކުޓަރަށް ފޯނު ކުރެވުނު ހިނދު ނަސީބަކުން ފޯނަށް ޖަވާބުދިނެވެ. އިމަރޖެންސީކޮށް ބަލި މީހަކު އޮޕަރޭޝަނެއް ކުރަން ޖެހިގެން ކަމަށް ބުނުމުން ދުވެތެޅެމުން ކަހަލަ ގޮތަކަށް ޑަކުޓަރު އަތުވެއްޖެއެވެ.

‎އޮޕަރޭޝަން ތިއޭޓަރ ދޮރުމައްޗައް ދެވުނު ހިނދު، ރުނކުރުވެފައި އެތަނުގައި ހުރި މީހަކު ޑަކުޓަރައި ދިމާއަށް ހަޅެލަވައި ގަތެވެ. އަހަރެންގެ ދަރިފުޅު ފުރާނައަށް ނުރައްކާވެފައި އޮތްކަމެއް ކަލެއަކަށް ނޭނގޭ ހެއްޔެވެ. ޑިއުޓީގަޑީގައި ތިޔަތިބެނީ މުޅިން އަމިއްލަ ކަންކަމުގައި އެތަން މިތާންގައެވެ. ޒިންމާ އަދާކުރަން ދަސްކުރާށެވެ. ޑަކުޓަރު ހިނިތުންވެލާފައި ބުންޏެވެ. އަހަރެންނަށް މައާފު ކުރާށެވެ. އަހަރެންނަށް އެނގުނު ހިނދު، ވީ އެންމެ އަވަހަކަށް މިއައީއެވެ. ރުޅިމައިތިކޮށް ހަމަޖެހިލާށެވެ. ޑަކުޓަރު މިހެން ހަމަ ބުނުމާއެކު އެއަށް ވުރެ ބާރަށް އެމީހާ ބުންޏެވެ. ހަމަޖެހޭށޭ…!! ކަލޭގެ ދަރިއަކު އެހާލުގައި އޮތް ނަމަ ކަލެއަށް ހަމަޖެހެވޭނެ ހެއްޔެވެ. ކަލޭގެ އުފަން ދަރި މަރުވެއްޖެ ނަމަ ކަލޭ ހަދާނީ ކިހިނެއް ހެއްޔެވެ. ޑަކްޓަރު ހެވިލާފައި ބުންޏެވެ. ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކެވެ، އެނބުރި ދާހުށީ ހަމަ އެކަލާނގެ حضرة ށެވެ. މިހެން ބުނުމަށް ފަހު ޑަކުޓަރު އޮޕަރޭޝަން ތިއޭޓަރަށް ވަދެއްޖެއެވެ.

‎ތިންގަޑިއިރު ފަހުން ތިއޭޓަރުން ޑަކުޓަރު ނިކުމެއްޖެއެވެ. ٱلْـحَـمْـدُ للهِ ތިބާގެ ދަރިފުޅުގެ އޮޕަރޭޝަން ކާމިޔާބުވެއްޖެއެވެ. މިހެން ބުނުމަށް ފަހު، ދަރިފުޅުގެ ބައްޕައަށް އެއްވެސް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޑަކުޓަރު ބާރުބާރަށް ހިނގައްޖެއެވެ. ނަރުސް ކުއްޖަކަށް ގޮވާލުމަށް ފަހު ކުއްޖާގެ ބައްޕަ ނުރުހުންވެފައި ބުންޏެވެ. ހާދަ އެހެންކަހަކަ ޑަކުޓަރެކެވެ. އަހަރެން އެއްޗެއް ބުނާނެ ފުރުސަތެއް ވެސް ނުދީ އޭނާ ހިނގައްޖެއެވެ. ހާދަހާ ފަރުވާ ކުޑަ މީހެކެވެ.

‎ފެންކަޅިވެފައި ނަރުސް ކުއްޖާ އޭނާ ސުވާލުތަކަށް ޖަވާބު ދާރީވާން ފެށިއެވެ. ތިބާއަށް އެނގޭ ހެއްޔެވެ. ތިބާގެ ދަރިފުޅުގެ އެކުސިޑެންޓުގައި ޒަހަމްވި ދެވަނަ ކުއްޖަކީ ޓަކުޓަރުގެ ހުރި ހަމައެކަނި ދަރިއެވެ. ތިބާގެ ދަރިފުޅު އޮޕަރޭޝަން ކުރަން ޑަކުޓަށަށް ގުޅި ވަގުތު އޭނާ ހުރީ ސަހަރާގައެކެވެ. އެއީ ކަށުކަމައި ކެމީގެ ކަންކަން ކުރިއަށް ދިޔަ ވަގުތެވެ. އަމިއްލަ ދަރިފުޅުގެ ފުރާނަ ސަލާމަތް ނުކުރެވުނު ހިނދު، ތިބާގެ ދަރިފުޅުގެ ފުރާނަ ސަލާމަތް ކޮއްދީފައި އޭނާ އެނބުރި އެދިޔައީ ސަހަރާއަށެވެ.

‎ހީވާ ކޮންމެ ހީވުމަކީ ތެދެއް ނޫނެވެ. ތިމާ ހިތަށް އަރާ ކޮންމެ ގޮތަކީ ރަނގަޅު ގޮތެއް ނޫނެވެ. ދުލުން ލަފުޒެއް ބޭރުކުރުމުގެ ކުރިން އަނެކައިގެ ހާލަތު ދެނެގަންނާށެވެ. ސުރުހީގައި އޮތް އެއްޗަކުން ލިޔުމައި އޮތީ ކީކޭކަމެއް ނޭނގޭނެއެވެ. ފޮތެއްގެ ބަނޑޭރި ގަނޑަކުން ފޮތުގައި ލިޔެވިފައި އޮތީ ކޮން ވާހަކަ އެއް ކަމެއް ނޭނގޭނެއެވެ. މިތުރާއެވެ. ގޮތް ނިންމުމުގައި އަވަސްވެ ނުގަންނާށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!