ފެންޑާ
ނޭނގި ކުރެވޭ ސިއްހަތަށް ގެއްލުންދެނިވި ބައެއް އާދަ

ގެއްލުންދެނިވި ބައެއް އާދަތަށް ދޫކޮށްލުމަކީ އުދަނގޫކަމެކެވެ. ބައެއްކަހަލަ އާދަތަކަކީ އަހަރަމެން ގައިގައި ހަރުލާފައި ހުންނަ އާދަތަކަށް ވުމުގެ ސަބަބުން އެއީ ގެއްލުންދެނިވި އާދަޔަކަށް ވިޔަސް މާބޮޑު މައްސަލައެއް ނޫންކަމަށް ދެކުމަކީ މާ ބޮޑަށް އުދަނގޫ މައްސަލައެކެވެ.

މިގޮތުން މި ލިޔުމުގައި އަހަރަމެންގެ ގައިގައި ހުންނަ ބައެއް އާދަތަށް އޭގެ ސަބަބުން ލިބޭ ފައިދާއަށް ވުރެ، ލިބޭ ގެއްލުން ބޮޑު ދިރިއުޅުމުގެ ބައެއް އާދަތަށް ހިމަނާލަމެވެ.

ކިނބިހި އެޅެން އުޅުމުން ކިނބިހި ނާޅައި ހުއްޓުވުން

މީހުން ގިނަ ތަންތަނުގައި ނުވަތަ މުހިންމު ބައްދަލުވުންތަކުގައި ، ކިނބިހި އެޅުމަކީ ހަނޑި ހުތުރު ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކެއެވެ. މިގޮތުން ކިނބިހި އެޅެން އުޅުން އަތްތިލަ އަދި އިނގިލިތަކުން އަނގަޔާއި ނޭފަތް ބަންދުކޮށް ކިނބިހި ކޮންޓްރޯލް ކުރެއެވެ. މިގޮތަށް އަމަލު ކުރުމުގެ ސަބަބުން ނޭވާ ހޮޅިގެ ޕްރެޝަރ ކުއްލިޔަކަށް އިތުރުވެގެން ދެއެވެ. އަދި މިއަމަލުގެ ސަބަބުން ސިކުނޑިއަށް ހިމަ ނާރުތަކުން ފުނުވައިދޭ ލޭގެ ނިސްބަތް ކުއްލިއަކަށް ދަށްވެއެވެ. ނާރު ތަކުގައި ދައުރުވާ ލޭގެ ޕްރެޝަރ މިފަދަ ކުއްލި ގޮތަކަށް އިތުރުވެގެން ދިޔުމުން ނާރުތައް ފަޅައިގެން ދިޔުމުގެ ފުރުޞަތު ބޮޑުވެއެވެ. ކިނބިހި އެޅުން ގަސްތުގައި ހުއްޓުވުމުން ލޭނާރުތައް ފަޅައިގެން ދިޔުމުގެ ފުރުޞަތު އިތުރުކޮށް، ބޮލުގައި ރިހުން ފަދަ މައްސަލަތައް އަދި ކަންފަތަށް އަޑުއިވުމުގެ މައްސަލަތައް ކުރިމަތިވެއެވެ. ގިނަ މީހުންގެ ތެރޭގައި ކިނބިހހި އެޅުމުން ގަންނަ ލަނދަށްވުރެ، ކިނބިހި ހުއްޓުވުމުން ލިބިދާނެ ސިއްހީ ގެއްލުން ބޮޑުވެދާނެއެވެ. އެއްގޮތަކަށްވެސް ކިނބިހި އެޅުން ނުހުއްޓުވާށެވެ. ކިނބިހި އަޅާ ކޮންމެ ފަހަރަކު ހަށިގަނޑުން ގިނައަދަދެއްގެ ޖަރާސީމް ބޭރުވެގެން ދެއެވެ.  ކޮވިޑް19 ފަދަ ސިއްހީ ނުރައްކާ ބޮޑު މިހާލަތުގައި ކެއްސާ ކިބިހި އަޅާއިރު، ޓިޝޫއެއް ފަދަ އެއްޗަކުން ކަވަރ ކުރުމަކީ ތިބާ އަދި އެހެން މީހުންގެ ރައްކަލަކަށް ކުރެވިދާނެ ކަމެކެވެ.

އާދަޔާ ޚިލާފަށް ގިނައިން ސެންޓު ބޭނުންކުރުން

\

ސެންޓް ފަދަ ތަކެއްޗަކީ ވަރަށް ގިނައިން ކެމިކަލްތަށް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ އެއްޗެކެވެ. ސެންޓް ޖަހާއިރު، ބަންދު ތަންތަނުގައި ސެންޓް ޖެހުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ސެންޓުގައި އެކުލެވޭ ބައެއް މާއްދާތަކުގެ ސަބަބުން ލޯ ހިރުވުން، ކަރުތެރެ ސަކަރާތްވުން އަދި ސެންޓް ހަންގަނޑުގައި ޖެހުމުން ތަފާތު ހަމުގެ މައްސަލަ ކުރިމަތިވެއެވެ.  ވަސްގަދަ ތަފާތު ސެންޓުގެ ބަދަލުގައި ޤުދުރަތީ މާއްދާތަށް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ މީރުވަސްދުވާ އެސެންޝިއަލް އޮއިލް ފަދަ ތަކެތި ބޮޑަށް ރައްކާތެރިއެވެ. ސެންޓް ޖެހިކަމުގައި ވިޔަސް، އެހާ ގަދަޔަށް ޖެހުން ރަނގަޅެއް ނޫނެވެ. އެކަކަށް ވަރަށް މީރުވަސްދުވާ ސެންޓެއް އަނެކަކަށް ވަރަށް އުދަނގޫވާ އަދި ކަމުނުދާ ސެންޓަކަށް ވުންވެސް އެކަށީގެންވެއެވެ

ނިދަން އަރައި އެނދުގައި އޮވެ، ފަނޑު އަލީގައި ފޯނަށް ބަލައިގެން ފޯނާކުޅުން

ފަނޑުއަލީގައި، ރޭގަނޑު ފޯނުގެ އަލި ލޮލަށް އެޅުމުން މެލަޓޯނިން ކިޔާ ހޯމޯނެއް ހަށިގަނޑުގައި އުފެއްދުން މަދުކޮށްލައެވެ.  މި ހޯމޯން މަދުވުމުގެ ސަބަބުން ނިދުމަށް އުދަނގޫވެ، ހަމަ ނިދި ނުލިބުމުން ތަފާތު ސިއްހީ މައްސަލަ ކުރިމަތިކުރުވައެވެ. މެލަޓޯނިން ލެވެލް ހަށިގަނޑުގައި ދަށްވުމުން، ޑިޕްރެޝަން ފަދަ މައްސަލަތައް ކުރިމަތިކުރުވުމުގެ އިތުރުން، ކެންސަރު ބަލި، ފަލަވުމުގެ މައްސަލަ އަދި ހިތުގެ މައްސަލަތައް ކުރިމަތިކުރުވައެވެ. އަދި ހަމަ މިހޯމޯން ހަށިގަނޑުން މަނދުވުމުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމް ބަލިކަށިކަން ގެނުވައެވެ. ނިދަން އެރުމަށްފަހު ފޯނާކުޅެން އޮތުމުގެ ބަދަލުގައި އަވަހަށް ނިދުމުން، ދުޅަހެޔު ސިއްހަތެއްގެ ވެރިޔަކަށް މީހާ ބަދަލުވެއެވެ.

ކާތަކެތި ޕްލާސްޓިކް ތަށީގައި ރައްކާކުރުން

ޕްލާސްޓިކަކީ އޭގެ ޒާތުގައި ކެމިކަލް ބޭނުންކޮށްގެން ތައްޔާރު ކުރެވޭ އެއްޗަކަށް ވުމުން، ޕްލާސްޓިކް ތަށިގައި ނުވަތަ ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގައި ކާތަކެތި އަޅާފައި ރައްކާކުރުމުން، ދުވަސްވުމުން ޕްލާސްޓިކްގައި އެކުލޭވޭ ތަފާތު ކެމިކަލްތަކުގެ އަސަރު ކާތަކެއްޗާއި އެއްވެގެން ދެއެވެ. ޕްލާސްޓިކް ތަކެތީގައި ގިނަ ދުވަހަށް ބަންދުކޮށްފައި ހުންނަ ކާތަކެތި ބޭނުންކުރުމުން ތަފާތު ސިއްޙީ މައްސަލަތަށް ކުރިމަތިވެއެވެ. ރައްކާތެރި ގޮތުގައި ކާތަކެތި ރައްކާ ކުރުމަށް ބިއްލޫރި ތަކެތި ނުވަތަ ސްޓެއިންލެސް ސްޓީލް ނުވަތަ ސެރަމިކް ތަކެތި ބޭނުންކުރުން ބުއްދިވެރިއެވެ.

ކައި ނިންމާލުމަށްފަހު ވަގުތުން ދަތް އުނގުޅުން

ދަތުގެ ޑޮކްޓަރުން ލަފާދޭ ގޮތުގައި ކެއުމުގެ ފަހުން އަނގަ ސާފުކުރުމަށް ދަތް އުނގުޅާނަމަ، ކައި ނިންމައި ވަގުތުން އުނގުޅުމުގެ ބަދަލުގައި ކެއުމުގެ 30 މިނިޓް ފަހުން ދަތް އުނގުޅާށެވެ. ގިނަ ކާތަކެއްޗަކީ އޭގައި އެސިޑްގެ މިންވަރު ކޮންމެވެސް ވަރަކަށް އެކުލެވޭ ތަކެއްޗެވެ. ކައި ނިންމައި ވަގުތުން ދަތް އުނގުޅުމުން، ކެއުމުގެ ސަބަބުން އަނގައިގައި ހަރުލާފައި ހުންނަ އެސިޑްތައް ދަތުގެ ބުޑަށް ޖަމާވުމުގެ ފުރުޞަތު ބޮޑުވެއެވެ. މީގެ ސަބަބުން، ދަތުގެ ބުޑު ގިރައިގެން ދިޔުން، އަދި ދަތުގެ މަދު ހަލާކުވުން ފަދަ ދަތުގެ މައްސަލަތަށް ކުރިމަތިވެއެވެ. ދަތް އުނގުޅުން 30 ވަރަކަށް މިނެޓް މަނޑުކުރުމުން، އަނގައިގައި އެކުލެވޭ އެސިޑުގެ އަސަރު ކެނޑިގެން ދެއެވެ.

މާގިނައިން އެންޓި ބެކްޓީރިއަލް ސައިބޯނި ބޭނުންކުރުން

އަހަރަމެންގެ ހަށިގަނޑުގެ ހަންގަނޑުގެ ބޭރުފަށަލައިގައި، ތަފާތު ބެކްޓީރިޔާތަށް ދިރިއުޅޭއިރު، ހަށިގަނޑަށް ބޭނުންތެރި ހަށިގަނޑަށް ރައްކާތެރިކަން ފޯރުކޮށްދޭ ތަފާތު ބެކްޓީރިއާވެސް ހަންގަނޑުގެ ބޭރުފަށަލައިގައި ދިރިއުޅެއެވެ. މާގިނައިން އެންޓި ބެކްޓީރިއަލް ސައިބޯނި ބޭނުންކޮށްގެން ފެންވެރުމުން މަރުވެގެންދާ ބެކްޓީރިޔާގެ ތެރޭގައި ހަށިގަނޑަށް ފައިދާހުރި ބެކްޓީރިޔާތައްވެސް މަރުވެގެން ދެއެވެ. ނަމަވެސް ކޮވިޑް19 ފަދަ ނުރައްކާ ދުނިޔެއަށް ކުރިމަތިވެފައިވާ މިފަދަ ދުވަސްވަރެއްގައި، އެންޓި ބެކްޓީރިއަލް ސޯޕް ބޭނުންކޮށްގެން ގިނަގިނައިން އަތް ދޮވުމަކީ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.

ގަޔަށް ބާރު ޖިންސު ލުން

ގަޔަށް ބާރު، ސްކިނީ ޖިންސަކީ ފަހުގެ މަޝްހޫރު ފެޝަނުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. ގަޔަށް ބާރު ޖިންސު ލުމުގެ ސަބަބުން، ފައިގެ ފަލަމަސްގަނޑާއި، ފައިގެ މަސްތައް ވަރަށް ބޮޑަށް ފިތްތާލައެވެ. މި ފިއްތުމުގެ ސަބަބުން ފައިގެ ނާރުތަށް ފިތެއެވެ. ގަޔަށް ބާރު ޖިންސު ލުމުގެ ސަބަބުން، ތަފާތު އުދަނގޫތައް ވުމުގެ އިތުރުން، ނާރުގެ މައްސަލަތަށް ކުރިމަތިވެއެވެ. ބާރު ޖިންސް ލުމުގެ ސަބަބުން، ވައި ދައުރު ނުވުމުގެ ސަބަބުން ފައިގެ މަސްތައް ހިރުވައި، ކަށިތައް ހެރޭ ފަދަ އިޙްސާސް ގެނުވައި، އެންމެ ފަހުން ފައި އައްސިވުން އަދި ވާގިނެތުން ފަދަ މައްސަލަ ކުރިމަތި ކުރުވައެވެ.

ތާޒާ މޭވާގެ ދިޔައިން ތައްޔާރުކުރެވޭ ޖޫސް ވަގުތުން މާގިނައިން ބުއިން

ތާޒާ މޭވާގެ ދިޔައިން ތައްޔާރުކުރެވޭ ޖޫސް ބުއިން އެންމެ ރަނގަޅީ މަދު މަދުންނެވެ. މިއީ ގިނަ މީހުންނަށް ނޭނގޭ ކަމެކެވެ. ތަޒާ މޭވާއިން ތައްޔާރު ކުރެވޭ ޖޫހަކީ އޭގެ ސަބަބުން ސިއްޙަތަށް ތަފާތު ފައިދާ ލިއްބައިދޭ އެއްޗަކަށް ވީނަމަވެސް، ބައެއް ކަހަލަ ބަލިތައް ހުންނަ މީހުންނަށް ޖޫހަކީ އެހާ ރަނގަޅު އެއްޗެއް ނޫނެވެ.  މިގޮތުން ހަކުރުބަލި ހުންނަ މީހުންނަށް މޭބިސްކަނދުރު ޖޫސް އެހާ ރަނގަޅެއް ނޫނެވެ. އަދި ހަމަ އެހެންމެ، ހަކުރު ބަލި ހުންނަ މީހުންނާއި، އޯވާވެއިޓްވެ ބަރުދަން އިތުރުވެފައިވާ މީހުން ޖޫސް ބޭނުންކުރުން ރަނގަޅެއް ނޫނެވެ. ބައެއް ބާވަތުގެ ޖޫސްތަކަކީ ބައެއް ފަރާތްތައް އެލާޖިކް ވާ އެއްޗަކަށް ވުމުން، ކުޑަ ކުދިންނަށްވެސް ޖޫސްފަދަ ތަކެތި ދިނުމުގައި، އެއްފަހަރާ ގިނައިން ނުދީ މަދު މަދުން ޖޫސް ބޯން ދިނުން ރަނގަޅުވާނެއެވެ.  އެލާޖިކް ފަދަ ކަމެއް ވާކަމަސް ފާހަގަކުރެވޭ ނަމަ ވަގުތުން ޑޮކްޓަރެއްގެ އެހީ ހޯދާށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!