ޚަބަރު
އާޒިމާ މާލެސިޓީގެ މޭޔަރު ކަމަށް، ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި ވާދަކުރައްވަނީ

ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު، އަންނަ ޖެނުއަރީ މަހު ބާއްވާ މާލެސިޓީީގެ މޭޔަރު ކަމުގެ ބައި-އިލެކްޝަންގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.

އާޒިމާ މިކަން ހާމަކުރައްވާފައިވަނީ ނެރުއްވި ބަޔާނެއްގައެވެ. މިބަޔާނުގައި އާޒިމާ ވިދާޅުވީ، މާލޭ ސަރަހައްދު ހަގީގީ މާނައިގައި ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ގަބޫލުކުރައްވާ ކަމަށާއި އެކަންކަމަށް އިސްނަގަން ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުން ރާއްޖޭގެ ހިންގުން ބަދަލު ވިޔަސް، ރައްޔިތުންގެ ބޭނުންތަކަށް ބަދަލު ނާންނަކަން ފާހަގަކުރައްވައު އާޒިމާ ވިދާޅުވީ، ހިންގުމުގެ އޮނިގަނޑު ވަރުގަދަ ކުރުމުގެ ބޭނުން ދުވަހުން ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ. ނަމަވެސް ކައުންސިލާއި ސަރުކާރާ ދެމެދު އޮތް ޖެއްސުންކުރުމާއި ޒުވާބުގެ ސަބަބުން މާލޭގެ ރައްޔިތުން ބޭނުންވާ ތަރައްގީއާއި ހިދުމަތްތައް މުޅިންހެން ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރޭވުންތެރިކަމާ އެކު މަސައްކަތްކުރާނެ ކަމަށާއި މިހާރު މާލޭގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލާފައިވާ ސްޓެރެޓިޖިކް ޕްލޭން ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން އާޒިމާ ވަނީ ދެއްވައިފަ އެވެ.

މާލޭގެ މޭޔަރުކަމުގެ އިންތިހާބު ބާއްވަން ޖެހުނީ އެ މަގާމުގައި މިހާރު ހުންނެވި ޑރ. މުހައްމަދު މުއިއްޒު، މިދިޔަ މަހުގެ 30 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން އެ ގޮނޑި ހުސްވާތީ އެވެ. އަންނަ މަހުގެ 17 ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ހުވާކުރައްވާ މުއިއްޒު މިހާރު ހުންނެވީ ޗުއްޓީއެއް ނަންގަވައިގެންނެވެ. މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވެސް ވަނީ އިއުލާން ކުރަައްވައިފަ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!