ޚަބަރު
ނުރައްކާތެރި ކެއްސާބޭހެއް ބޮއެގެން ކުދިންތަކެއް މަރުވި މައްސަލައެއް ފެންމަތިވެއްޖެ

ކުކުޑަކުދިންނަށް ދޭ ކެއްސާތި ބޭހެއް އުފައްދާ އިންޑޮނޭޝިޔާ ކުންފުންޏެއްގެ ވެރިޔަކާއި އިތުރު މީހުން ހައްޔަރުކޮށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

ބޭހުގެ ރައްކާތެރިކަމާ ބެހޭ ގާނޫނާ ހިލާފުވެ، 200 އަށް ވުރެ ގިނަ ކުޑަކުދިން މަރުވުމާ ގުޅިގެން އެކުންފުނީގެ ޗީފް އެގްޒެކެޓިވް އާއި އިތުރު ތިން އޮފިޝަލަކު ޖަލަށް ލުމަށް އިންޑޮނޭޝިއާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމުގެ އިތުރުން ވެސް ކޮންމެ މީހަކު 1 ބިލިއަން އިންޑޮނީޝިއާ ރުޕިއާ (63،029 އެމެރިކާ ޑޮލަރު) އިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

އިންޑޮނޭޝިއާގެ ކުންފުންޏެއް ކަމަށްވާ “އަފީ ފާމާ”ގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ގިނަ އަދަދަކަށް ވިހަ މާއްދާތައް އެކުލެވޭ ކެއްސުމުގެ ސިރަޕް ތަކެއް އުފައްދައި، (އެ ހަތަރު އޮފިޝަލުން) އެ ތަކެތި ޓެސްޓު ނުކުރާ ކަމަށް ބުނެއެވެ. އެ ކުންފުނީގެ ގާނޫނީ ވަކީލު ރެޒާ ވެންދުރަ ޕްރަޔޯގޯ ވިދާޅުވީ އިހުމާލުވި ކަމަށް ދެކޮޅު ހަދާ ކަމަށާއި އިސްތިއުނާފު ކުރުމާ މެދު ވިސްނަމުންދާ ކަމަށެވެ.

އިންޑޮނޭޝިޔާގެ އެ ކުންފުނީގެ ސީއީއޯ ‘އަރިފް ޕްރަސޭތިޔާ ހަރަހަޕް’ އާއި އޮފިޝަލުން ދެ އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ އެ ކުންފުނި ހުންނަ އިރުމަތީ ޖާވާ ޕްރޮވިންސްގެ ކެޑިރީ އަވަށުގެ ކޯޓަކުންނެވެ. ދައުވާ ލިބޭ މީހާ އަށް ނުވަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށް އެދުނު ވަކީލުން ބުނީ، އަފީ ފާމާ އެ ކުންފުނީގެ ސަޕްލަޔަރު ފޮނުވި ތަކެތި ޓެސްޓު ނުކޮށް އޭގެ ބަދަލުގައި ބަރޯސާވެފައި ވަނީ ޕްރޮޑަކްޓްގެ ކޮލިޓީ އާއި ރައްކާތެރިކަމާ ގުޅޭ ގޮތުން އެ މީހުން ދިން ސެޓްފިކެޓްތަކަށް ކަމަށެވެ.

އިންޑޮނޭޝިޔާގައި ކެއްސާބޭހުގެ މި މައްސަލަ ޖެހިގެން އުޅުނު ދުވަސްކޮޅު އިންޑިއާ އާއި އެފްރިކާގައި ވެސް އެތަކެއް ކުޑަކުދިންނެއް ކެއްސާތީ ބޭހެއް ބޮއެގެން މަރުވި މައްސަލަތައް ޖެހިގެން އުޅުނެވެ. ކަންތައް މިގޮތަށް ދިމާވުމުން ޑަބްލިއު އެޗް އޯއިން އެކަމުގައި ހަރުކަށި ފިޔަވަޅުތައް އަޅާ ތަހުގީގުތައް ހިންގުމަށް ވަނީ އަންގާފައެވެ.

ޑަބްލިއުއެޗްއޯ ގެ އަމުރާ ގުޅިގެން ކުރި ތަހްގީގުތަކަށް ފަހު ދެއްކި ނަތީޖާތަކުގައި އިންޑިއާގެ އިދާރާތަކުން ވަކާލާތު ކުރީ އިންޑިއާގެ ބޭހުގައި މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް އިންޑިއާއިން އެފްރިކާގެ ގެމްބިއާއަށް އެތެރެ ކުރި ބޭސް ބޭނުންކުރި ގިނަ އަދަދެއްގެ ކުދިން މަރުވިއެވެ. އަދި ހަމައެއާއެކު އުޒުބަކިސްތާނުން ވެސް މި މައްސަލަ ޖެހުނެވެ. މި ބޭސް ބޭނުން ކޮށްގެން އެ ދެގައުމުން މަރުވި ކުދިންގެ އަދަދު 100 އަށް އެރިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން އިންޑިޔާއިން އުފައްދާފައިވާ ދެ ބޭހެއްގައި މައްސަލައެއް އުޅޭތީ ޑަބްލިޔުއެޗްއޯއިން އެލާޓް ނެރުމުން ބޭސް ސިޓީއަށް އެ ބޭސް އެތެރެ ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް އެންގިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!