ޚަބަރު
ރާއްޖެ އައި ބްރެޒިލް އަންހެނެއްގެ އަތުން 15 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިފި

ރާއްޖެ އައި ބްރެޒިލް އަންހެނެއްގެ އަތުން 15 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމުން ވަނީ އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ރޭގައި ބުނެފައިވަނީ ވައިގެ މަގުން ބްރެޒިލްއިން ރާއްޖެއައި ބްރެޒިލް ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައިވާ ކަމަށެވެ. އިއްޔެގެ މެންދުރުފަހުގެ ވަގުތުގައި ދިވެހިރާއްޖެއަށް އައިސްފައިވާ 31 އަހަރުގެ ބްރެޒިލް އަންހެންނެއްގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން، ފޮށި އަދި ހަށިގަނޑު ފާސްކޮށް ބެލިބެލުމުން، މި އަންހެންމީހާގެ ފޮށިން މަސްތުވާތަކެތި ކަމަށް ކުކުރެވޭ އެއްޗެހިތަކެއް ވަނީ ފެނިފައެވެ.

ފުރަތަމަ މަރުޙަލާގައި ކަސްޓަމްސް އިން މިތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން (Cocaine) އަށް ވަނީ ފައްސި ވެފައެވެ. މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3.197 ކިލޯގުރާމް ހުއްޓެވެ. މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 15,985,000.00 (ފަނަރަ މިލިއަން ނުވަލައްކަ އަށްޑިހަފަސް ހާސް) ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި ކަސްޓަމްސް އިން ވަނީ އިތުރަށް ތަހްޤީޤް ކުރުމަށްޓަކައި ފުލުހުންނާއި ހަވާލުކޮށްފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!