ޚަބަރު
ފަލަސްތީނުގެ ހާލަތު ސިފަކޮށްދިން އަސަރުކުރުވި އަންހެންކަނބަލުންގެ ތަފާތު ހިނގާލުމެއް!

މުޅިން ތަފާތު ގޮތަކަށް، ފަލަސްތީނުގައި ޝަހީދުވާ ކުޑަކުދިންގެ މަންޒަރު ލޯމައްޗަށް ސިފަވާ ފަދައަކުން ހިތްތަކަށް ތަސްވީރުތައް ހާމަވެއެނގޭ ފަދަ ގޮތަކަށް ރާވާފައިވާ “ފަަލަސްތީނާ އެކު ކަނބަލުން” ހިނގާލުން އިއްޔެ ހަވީރު ބާއްވައިފިއެވެ.

ފަލަސްތީނުގެ ދިދަ އާއި އެގައުމަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައިވާ ޕޯސްޓަރުތަކާ އެކު މި ހިނގާލުން ބޭއްވީ ރަސްފަންނު ސަރަހައްދުން ފެށިގެން މަޖީދީ މަގުން އާޓިފިޝަލް ބީޗާ ހަމައަށެވެ. ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި އެ ހިނގާލުމުގައި ފެނިގެންދިޔައީ ތުއްތު ކުދިން ނިޔާވެފައިވާ މަންޒަރު ދައްކުވައިދިނުމުގެ ގޮތުން ހުދު ފޮތިގަނޑުން ކަފުންކޮށްފައިވާ ގޮތަށް ގަބުރުތައް ހިފައިގެން ތިއްބަ އެވެ. އޭގައި ލޭ ހުރި މަންޒަރު ވެސް ފެނެއެވެ.

އެހެން ހިނގާލުންތަކާ މި ހިނގާލުމުގެ އެންމެ ތަފާތަކީ، ހިނގާލުމުގައި ބައިވެރިވި ކަނބަލުންގެ އަތްތަކުގައި ފަލަސްތީނުގެ މަރުވާ ކުޑަކުދިން ރަމްޒުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ފޮތިތަކެއް ހިފައިގެން ތިބި ކަމެވެ. ޔަހޫދީންގެ ލާއިންސާނީ އަނިޔާގައި މަރުވާ ކުޑަކުދިންގެ ހައްގުގައި އެ ކަނބަލުން ވަނީ އަޑު އުފުލާފައެވެ.

އިއްޔެގެ ހިނގާލުމުގެ ތެރެއިން….ފޮޓޯ: އިސްރާއެސޯސިއޭޝަން

އިސްރާ އެސޯސިއޭޝަނުން އިސް ނަގައިގެން އެހެން ޖަމިއްޔާތަކާ ވެސް ގުޅިގެން ބޭއްވި މި ހަރަކާތް އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަކުރީ މިވަގުތު ފަލަސްތީނުގައި އެންމެ ހާލުގައި އަދި އެންމެ އަނިޔާ ލިބެމުންދާ ބަޔަކީ އެމީހުންނަށްވާތީއެވެ. އެއްވުމުގައި ކަނބަލުން ބުނީ ހަނގުރާމައެއް ކަމަށް ބުނެ ބޮން އަޅަމުންދަނީ ހަތިޔާރެއް ނެތް ނިކަމެތި ރައްޔިތުންނަށް އަމާޒުކޮށް ކަމަށެވެ. އެ ހަރަކާތް ނިންމާލާފައި ވަނީ އަނިޔާވެރިންގެ ކިބައިން ފަލަސްތީނު މިނިވަންކުރުމަށް އެދި ކުރި ދުއާއަކާ އެކުގައެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 9,227 މީހަކު ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި އޭގެ ތެރޭގައި 3,826 ކުޑަކުދިންނާއި 2,405 އަންހެނުން ހިމެނެ އެވެ. އަދި 32,516 މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!