ޚަބަރު
ފަލަސްތީނަށްޓަކައި ބޭއްވި އެންމެބޮޑު އެއްވުން އިންޑޮނޭޝިޔާގައި

ފަލަސްތީނަށް ތާއީދު އޮތްކަން ހާމަކުރުމަށް، ދުނިޔޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއްވުން އިންޑޮނޭޝިއާގައި ބާއްވައިފިއެވެ. ފަލަސްތީނަށް ތާއީދު ކުރާކަން ހާމަކުރުމަށް އިންޑޮނޭޝިއާގެ ނޭޝަނަލް މޮނުމެންޓަށް، އިއްޔެ އެއްވި މީހުންގެ އަދަދު 2 މިލިއަނަށް އަރައެވެ.

މިއީ 7 އޮކްޓޯބަރުގައި ހަމާސް ޖަމާއަތުން އިސްރާއީލަށްދިން ކުއްލި ހަމަލާއަށްފަހު އިންޑޮނޭޝިއާގައި ފަލަސްތީނަށް ތާއީދުކޮށް ބޭއްވި އެންމެ ބޮޑު އެއްވުންވެސް މެއެވެ. މި އެއްވުމުގައި ބައިވެރިވި މީހުންވަނީ ގާޒާއަށް އިސްރާއީލުން ބޮންއެޅުން ހުއްޓާލުމަށާއި، އެެ ސިޓީ ހިސޯރުކޮށްފައި އޮތް އޮތުންވެސް ނިމުމަކަށް ގެނައުމަށް ގޮވާލާ އަޑު އުފުލާފައެވެ.

އިންޑޮނޭޝިއާގައި އޮތް މި އެއްވުމަށް ހާޒިރުވި މީހުން ތިބީ ފަލަސްތީނަށް ތާއީދުކުރާކަން ރަމްޒު ކޮށްދިނުމަށް، ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދު ރަމްޒުކޮށްދޭ އެގައުމުގެ ދިދައިގެ ކުލައިގެން ފޮތިގަޑުތައް ހިގައިގެންނެވެ. އަދި އެއްވުމުގެ ބައިވެރިން ދިޔައީ ފަލަސްތީނުގެ ދިދަ ވިހުރުވަމުންނެވެ.

އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އިންޑޮނޭޝިއާ ސަރުކާރުގެ އިސްވެރިންގެ ތެރޭގައި، ރެލިޖަސް އެފެއާޒް މިނިސްޓަރު ޔާގޫތު ޗޯލިލްއާއި، ފޮރިން މިނިސްޓަރ ރެންޓޯ މުރުސުދީއާއި، ޖަކާޓާގެ ކުރީގެ ގަވަރުނަރު އަދި ރިޔާސީ ކެނޑިޑޭޓް އަނީސް ބަސްވަޑެން އާއި، ހައުސް އޮފް ރެޕްރެސެންޓޭޓިވްސްގެ ރައީސް ޕުއާން މަހަރަނި ހިމެނެއެެ.

މި އެއްވުމުގައި ބައިވެރިވި، އިންޑޮނޭޝިއާގެ މުސްލިމް ލީޑަރުން ސްޓޭޖްމަތީގައި ތިއްބެވިއިރު ފަހަތުގައި ހުރި ބޮޑު ސްކްރީންތަކުން ދައްކަމުން ގޮސްފައިވަނީ އިސްރާއީލުން ޣައްޒާއަށް ބޮމުގެ ހަމަލާތައް ދެމުންދިޔަ މަންޒަރުތަކެވެ. އަދި އިންޑޮނޭޝިއާގެ މުސްލިމް ލީޑަރުންވަނީ މި އެއްވުމުގައި ތަގުރީރު ކޮށްފައެވެ.

މި އެއްވުމުގައި ތަގުރީރުކުރެއްވި ދީނީ ލީޑަރުންވަނީ އިސްރާއީލުގެ އުފެއްދުންތައް އިންޑޮނޭޝިއާއައް އެތެރެކުރުން ހުއްޓާލުމަށް ގޮވާލުމުގެ އިތުރުން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ތަހުގީގު ކުރުމަށްވެސް ގޮވާލާފައެވެ.

ފަލަސްތީނަށް އިސްރާއީލުން ދެމުންދާ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ބޮޑެތި އެއްވުންތައް ބާއްވަމުންނެވެ. އޭގެ ތެރޭގައި ހުޅަނގުގެ ގައުމުތައްވެސް ހިމެނެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!