ޚަބަރު
މަޖިލިސް ކުރިއަށް ނުދާތީ، އެމްޑީޕީން ހުށަހެޅި މައްސަލަ ސުޕްރީމްކޯޓުން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމަ އެކަނި މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުން ގަވައިދު މާނަކުރާތީ އެނޫން ގޮތަކަށް މާނަކުރަން އެމްޑީޕީން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށައިފި އެވެ.

މިއަދުގެ ޝަރީއަތް ފެށްޓެވުމަށް ފަހު، ފަނޑިޔާރު މަހާޒު އަލީ ވިދާޅުވީ މިއަދުގެ އަޑުއެން އެއް ގަޑިއިރަށް ކުުރިއަށް ގެންދަވާނެ ކަމަށެވެ. މިއަދުގެ އަޑު އެހުން ފަށަން އޮތީ 10:00 ގައި ކަމަށް ވިޔަސް ފެށުނީ 10:08 ގަ އެވެ. މިއަދުގެ އަޑުއެހުން ގަޑިއަށް ނުފެށުނީ މައްސަލާގައި ޝާމިލުވާ ޕާޓީތަކުން އަމަލުކުރި ގޮތުގެ ސަބަބުން ކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

“ކުރިއަށް އޮތް އަޑުއެހުން ތަކުގައި އަދި ޝަރީއަތް މެދުކަނޑައިލާ ވަގުތުތަކުގައި އެކަހަލަ ކަންތައް މެދުވެރިނުވާނެހެން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް ވެސް ދަންނަވަން،” ފަނޑިޔާރު މަހާޒު ވިދާޅުވި އެވެ.

މިއަދުގެ 11:50 އާ ހަމައަށް ފުރަތަމަ އަޑުއެހުން ކުރިއަށް ގެންދަވާނެ ކަމަށާއި އެ ހިސާބަށް އަޑުއެހުންތައް ނިންމައިނުލެވިއްޖެ ނަމަ 12:30 އިން 1:30 އަށް އަޑުއެހުން ކުރިއަށް ގެންދަވާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެވަގުތާ ހަމަައަށް ވެސް އަޑުއެހުންތައް ނުނިމިއްޖެ ނަމަ މާދަމާ ހެނދުނު 9:00 ގައި އިތުރު އަޑުއެހުމެއް ބާއްވާނެ އެވެ.

“މި މަސައްކަތްކުރަނީ މި މައްސަލައިގެ އަޑުއެހުންތައް އެކުއެކީ ކުރިއަށް ގެންގޮސް ވީހާ ވެސް އަވަހަކަށް މި މައްސަލަ ނިންމައިލެވޭތޯ،” ފަނޑިޔާރު ވިދާޅުވި އެވެ.

ސުޕްރީމްކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި އެމްޑީޕީން އެދުނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުުގެ ނައިބު ރައީސަށް ކަމަށް ބަލުމަކީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ވެސް ވަޑައިނުގެންނެވޭ ހާލަތްތަކުގައި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނެ ގޮތެއް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި އޮވެ އެވެ. މިހާރު ދިމާވެގެން އުޅޭ މައްސަަލައަކީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ ބ. ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށް އޮންނަ އޮތުމަށް އެކަނި ރިއާޔަތްކޮށްގެން ޖަލްސާ ނުބޭއްވުމުގެ މައްސަލަ އެވެ.

އެމްޑީޕީން ހުށަހެޅި އެ މައްސަލައަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީތައް ކަމަށްވާ ދަ ޑިމޮކްރެޓްސްއާއި ޕީޕީއެމުން ވެސް ތަދައްހުލުވި އެވެ.

މިއަދުގެ އަޑުއެހުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އަހުމަދު މައުރޫފު، އަނަސް އަބްދުއް ސައްތާރު އަދި އިބްރާޙީމް ވަހީދެވެ. މިއަދުގެ އަޑުއެހުމުގައި އެމްޑީޕީގެ ފަރާތުން ވަކާލާތު ކުރައްވަނީ އަހުމަދު އަބްދުﷲ އަފީފެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!