އީރާނުން ތިބީ ދޫދޭގޮތަކަށް ނޫން، އެމެރިކާއަށް ފަހުގެ އިންޒާރުދީފި
ޚަބަރު
ވެލާ،ކަހަނބާއެކު އުޅޭއިރު އޭގެ ތަބީއީ އުޅުމަށް ބުރޫ އަރާކަހަލަ ކަންތައް ކޮށްގެން ނުވާނެ

ވެލައާއެކު ނުވަތަ ކަހަނބާއެކު މޫދުގައި އުޅޭއިރު އެ އެއްޗެހީގެ ތަބީއީ އުޅުމަށް ބުރޫއަރާ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް މަޑިއާއި ވެލާ/ކަހަނބު ރައްކާތެރިކޮށް ބެލެހެއްޓުމާ ގުޅޭ އުސޫލުގައި އަންގައިފިއެވެ.

އިއްޔެ ގެޒެޓުކޮށްފައިވާ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރި ކުރާ ދިރޭ ތަކެއްޗާބެހޭ ގަވައިދަށް ފަސް ވަނަ އިސްލާހުގައި ވަނީ މަޑި އާއި ވެލާ ކަހަނބު ރައްކާތެރިކޮށް ބެހެލެއްޓުމާ ގުޅޭ އުސޫލުގައިވާ ކަންކަން ބަޔާންކޮށްފައެވެ.

އެގޮތުން ވެލަޔާއި ކަހަނބަކީ ބާރު އަޑުތަކަށް ފަސޭހައިން ސިހޭ ދިރުމަކަށްވާތީ، ވެލަޔާއެކު ނުވަތަ ކަހަނބާއެކު މޫދުގައި ހަަރަކާތްތެރިވާ އިރު، އަޑުގަދަވާ ގޮތަށް ބަކަތަޅައި ހަދައިގެން ނުވާނެ ކަމަށް އެ ސޫލުގައި ބުނެފައިވެއެވެ. އަދި ވެލައާއެކު ނުވަތަ ކަހަނބާއެކު ފީނާއިރު ނުވަތަ ފަތާއިރު އަބަދުވެސް އެ އެއްޗެއްސާ ހަ ފޫޓު ދުރުމިނެއް ބަހައްޓަންވާނެ ކަމަށްވެސް ބުނެފައިވެއެވެ

މީގެ އިތުރުން ވެލައާއެކު ނުވަތަ ކަހަނބާއެކު މޫދުގައި އުޅޭއިރު އެ އެއްޗެހީގެ ތަބީއީ އުޅުމަށް ބުރޫއަރާ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.

އުސޫލުގައިވާ ގޮތުގައި މޫދަށް އެރި ފީނަމުންދާ އިރު ނުވަތަ ޑައިވްކުރަމުންދާ އިރު، އެ މީހެއްގެ ގާތަށް ނުވަތަ އެ ބައެއްގެ ގާތަށް މަޑިއެއް އަތުވެއްޖެނަމަ އޮންނަން ވާނީ މަޑުމަތިރިކަމާއެކުގައި ކަމަށާއި މި ގޮތަށް ކައިރިއަށް އަންނަ އެއްވެސް ބާވަތެއްގެ މަޑިއެއްގައިގައި އަތްލައިގެން ނުވާނެ ކަމަށް ބުނެފައިވެއެވެ. އަދި އެ މަޑިއާއި ތިން މީޓަރުގެ ދުރުމިނެއް ބަހައްޓަންވާނެ ކަމަށް ބުނެފައިވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!