އީރާނުން ތިބީ ދޫދޭގޮތަކަށް ނޫން، އެމެރިކާއަށް ފަހުގެ އިންޒާރުދީފި
ޚަބަރު
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޝަރީފް ރިޓަޔާކުރައްވައިފި

ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް ޝަރީފް އެ މަގާމުން ރިޓަޔާ ކުރައްވައިފިއެވެ.

އޭނާ ކަސްޓަމްސްގެ ވަޒީފާ އިން ރިޓަޔާ މި ކުރެއްވީ އެ އިދާރާގައި 28 އަހަރު ވަޒީފާ އަދާކުރެއްވުމަށް ފަހުއެވެ. ކަސްޓަމްސްގެ އެންމެ އިސްވެރިޔާގެ މަގާމަށް ޝަރީފް އައްޔަންކުރީ ޖޫން 2020،23 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެއީ އެ މަގާމުގައި ހުންނެވި އަހުމަދު ނުއުމާން މާޗް 2020،31 ގައި އަވަހާރަވުމާ ގުޅިގެންނެވެ.

ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލްގެ މަގާމަށް ޝަރީފް އައްޔަން ކުރީ މީގެ ތިން އަހަރު ކުރިން އެ މަގާމުގައި ހުންނެވި ބޭފުޅާ އަވަހާރަވުމުންނެވެ. އޭރު ޝަރީފު ފުރުއްވަމުން ގެންދެވީ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު ކަމުގެ މަގާމުގައެވެ.

ޝަރީފްއަކީ ކަސްޓަމްސްގެ ތެރޭގައި އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ޝަރީފްއަކީ ކަސްޓަމްސްގެ ތެރެއިން ކުރި ހޯއްދަވަމުން ގޮސް ކޮމިޝަނަރާ ހަމައަށް އައި ފުރަތަމަ ކޮމިޝަނަރު ވެސްމެއެވެ. އޭގެ ކުރިން އެ މަގާމަށް މީހުން އައްޔަން ކުރަމުންދިޔައީ ސިޔާސީ ގޮތުންނެވެ. ޝަރީފް މަގާމުން މިއަދު ރިޓަޔާ ކުރެއްވިއިރު، އެނާ ކަސްޓަމްސްއަށް ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކޮށް މި އަހަރު ވަނީ ހަނދާނީ ލިޔުމެއް ވެސް ޝަރީފްއަށް އަރުވައިފައެވެ.

ޝަރީފް ކަސްޓަމްސްގެ ޚިދުމަތާއި ގުޅިވަޑައިގަތީ، 1993 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު، ކަސްޓަމްސް އޮފިސަރ ގްރޭޑް 1ގެ މަޤާމުންނެވެ. އޭރު އޭނާގެ ޢުމުރަކީ އެންމެ 22 އަރެވެ. އެގޮތުން އެޑި ޑިވިޝަންތަކާއި ހަވާލުވެވަޑައިގެން ޚިދުމަތްކުރެއްވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!