ޚަބަރު
މިފްކޯއިން މަހުގެ އަގު ރިވިއު ކުރަނީ

މިދިޔަ ސެޕްޓެމްބަރު ފަހު މަސް ކިލޯއެއްގެ އަގު 25ރ. އަށް ބޮޑުކުރި ނަމަވެސް، އެ އަގު ރިވިއު ކުރަމުން އަންނަ ކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ، މަހުގެ އަގު ރިވިއު ކުރުމަށް ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ އިދާރާތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، މާކެޓުގެ އަގު ހުރި ގޮތުން މި ވަގުތު އަގު ހުންނަން ޖެހޭނީ 20ރ. އަށް ވުރެ ވެސް ދަށްކޮށް ކަމަށެވެ. އެހެން ނޫން ނަމަ އެކުންފުނީގެ ހަރަދުތައް ހަމަޖައްސަން ވަރަށް ބޮޑަށް ދަތިވާނެ ކަމަށް ވިދާޅުވި އެވެ.

“ހަރަދުތައް ހަމަޖައްސަން ވަރަށް އުނދަގޫވެފައި މި އޮތީ. ބިލްތައް ޕެންޑިންގައި ގިނައީ ވެސް އަގަށް ގެނައި ބަދަލުގެ ސަބަބުން. މާކެޓު ރޭޓަށް ބަލާއިރު 20ރ. އަށް ވުރެ ދަށްކޮށް އަގު ބަހައްޓައިގެން ކުރިއަށް ދެވޭނީ. މިފްކޯގެ އޮޕަރޭޝަން ވަރަށް ބޮޑުކޮށް މިދަނީ،” އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ އެހީތެރިކަމާ އެކު ނޫން ގޮތަކަށް ކުންފުނި މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށާއި މަސްވެރިންގެ ބިލްތަކަށް ފައިސާ ދިނުން ލަސްވަނީ ވެސް، އަގު އެހާ ބޮޑު ކުރުމުން ކުރިމަތިވި ތާށިކަމާ ހެދި ކަމަށެވެ.

މިއަހަރަށް ދައުލަތުގެ ބަޖެޓުން ވަނީ 250 މިލިއަން ރުފިޔާ މިފްކޯއަށް ދޭން ކަނޑައަޅައިފަ އެވެ. އެކަމަކު މަސް ކިލޯއެއް 25ރ. އަށް ބޮޑު ކުރުމުން އޭގެ ދެ ގުނަ ހަރަދުވާނެ ކަމަށް ބެލެވެ އެވެ.

މަސްވެރިން މަސް ގަންނަ އަގު 17ރ. އިން 25ރ. އަށް ބޮޑުކުރީ، އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވަ އެވެ. ސަރުކާރުން އޭރު ބުނީ، އެގޮތަށް ނިންމީ، ޔޫރަޕްގެ މާކެޓަށް ވިއްކާ މަހުން ނަގާ 22 ޕަސެންޓް ކަނޑާލަން ކުރާ މަޝްވަރާތައް ވަރަށް ޕޮޒިޓިވްކޮށް ކުރިއަށްދާތީ ކަމަށާއި އެކަން އެގޮތަށް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!