ޚަބަރު
ޑރ.ޝަހީމުގެ “އިސްލާމީ ނަޒަރިއްޔާތު” ފޮތް ނެރެފި

ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު އަދި އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރަލް އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ‘އިސްލާމީ ނަޒަރިއްޔާތު’ ފޮތް ރޭ ނެރެފިއެވެ.

ޝަހީމް ލިޔުއްވާފައިވާ މި ފޮތަކީ އެބޭފުޅާގެ އިސް މަތިން ހިންގަމުން ގެންދަވާ ޖަމިއްޔާ އައި.އޯ.ސީ.ސީ އިިން މިއަހަރު ނެރުމަށް ހަމަޖައްސާފައިވާ ފޮތްތަކުގެ ތެރެއިން ނެރެން އޮތް އެންމެ ފަހު ފޮތެވެ.

ޑރ. ޝަހީމުގެ މި ފޮތް ނެރުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީމް ވަނީ އެ ފޮތުގައި ހިމެނިފައިވާ ބައެއް ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ގައުމަށް އަންނަ ފަތުރުވެރިންނަށް ހިމާޔަތްކަން ދިނުމާއި، ޖިހާދު ކުރުމާއި ގުޅޭ މައުލޫމާތާއި އަދި އިސްލާމް ދީނުގައި އަންހެނުންގެ މަގާމު ފަދަ އެތައް މުހިއްމު މައުލޫއަކަށް އިންސާފު ކުރައްވާފައިވާ ވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަ އެހެންމެ، ރާއްޖޭގެ ޖުޑިޝަރީއާއި ގުޅޭ އެތައް މައުލޫމާތަކާއި ހިޔާލު ފާޅުކުރުމަށް ދީނުގަ އޮންނަގޮތަށްވެސް ފޮތުގައި އަލިއަޅުއްވާލައްވާފައި ވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް އިތުރަށް ވިދާޅުވީ އެ ފޮތް ރާއްޖޭގެ ލައިބްރަރީތަކަށް ހިލޭ ދޫކުރައްވާނެ ކަމަށާ އަދި ފޮތްތައް ވިއްކައިގެން ލިބޭ އެއްޗެއް ބޭނުން ނުވާކަމަށެވެ.

“މިއިން އެއްޗެއް ވިއްކައިގެން ލިބޭ އެއްވެސް އެއްޗެއް އަޅުގަނޑު ބޭނުމެއް ނޫން. އިސްލާމީ ތައުލީމަށް ވަގުފު ކޮށްދީފައި ހުންނާނީ މި ފޮތްތައް ވެސް” ޝަހީމް ވިދާޅުވި އެވެ.

މިވަގުތު އައި.އޯ.ސީ.ސީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ނަމަވެސް، އައު ސަރުކާރުގެ މަގާމެއް ފުރުއްވަން ހަމަޖެހިފައިވާތީ އައި.އޯ.ސީ.ސީގެ ކުރީ ސަފުގައި ނުހުރެ ފަހަތު ސަފަކަށް ޖެހިލައްވާނެކަމަށް ޑރ. ޝަހީމް ރޭ ވަނީ ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!