ޚަބަރު
ޑރ މުއިއްޒު ބޭނުންފުޅު ވަނީ ފްލެޓް ދޫކުރުމުގެ ކަންކަން އާސަރުކާރާ ހަވާލުކޮށްދިނުން

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތައް ހަވާލުކުރުން މަޑުޖައްސާލުމަށްފަހު، ފުލެޓްތައް ދޫކުރުމުގެ ކަންކަން އާ ސަރުކާރާ ހަވާލުކޮށްދިނުމަށް ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މ. ދިމްޔާތުގައި ހުންނަ އިންތިހާބީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ފުލެޓްތަކުގެ މައްސަލައިގައި ވަކިކަމެއް ވަކި ގޮތަކަށް ކުރުމަށް އެދި ހައުސިން މިނިސްޓްރީގައި އެދިފައި ނުވާނެ ކަމަށެވެ. ނަމަވެސް ގާނޫނުގައި ނުވަތަ އެ ނޫންވެސް ގޮތަކަށް ބަޔާންކޮށްފައިވާ ހަމަތަކުގެ ބޭރުން ކަމެއް ކުރިއަށް ގެންދާނަމަ އެކަންކަމާމެދު ފާރަވެރިވެ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުމެން އެދެނީ މި ވަގުތު އޮތް ސަރުކާރުން، ހައުސިން މިނިސްޓްރީން އަދި އެ ނޫންވެސް އިދާރާތަކުންވެސް އެކަންކަމުގެ ފުރިހަމަ އެއްބާރުލުން ދެއްވާ މިކަން ރަނގަޅަށް ކުރިއަށް ގެންދިއުން. އަވަސްއަރުވާލައިގެން ކުރިއަށް ގެންދިއުމުގެ ބަދަލުގައި ކުރިއަށް އަޅުގަނޑުމެންނަށް ނުވަ ދުވަސް އާ ސަރުކާރެއް ފެށުމަށް އޮތްއިރު، އަވަސް އަރުވާލުމުގެ ބަދަލުގައި އެކަން ހަމަމަގުން ކުރިއަށް ގެންދިއުމަށް، އެކަން މަޑުޖައްސާލައި އާ ސަރުކާރުން އެކަން ރަނގަޅަށް ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވުން،” ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، ގެދޮރުވެރިޔާގެ މަޝްރޫއުގެ ދަށުން ނުހަގައްގުން ފުލެޓުތަކެއް ދީފައިވާ ނަމަ އެ ފުލެޓުތަކެއް އާ ސަރުކާރުން އަތުލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ނާއިންސާފުން ކަންތައްތަކެއް ކުރަމުންދާއިރު އެކަންކަމަށް ފިޔަވަޅެއް ނާޅާ ހުރުމަކީ އަދުލުވެރި ގޮތެއް ނޫން ކަމަށް އިންތިހާބީ ރައީސް މުއިއްޒު ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

“ނުހައްގުން, ނުގަވާއިދުން އުސޫލުތަކުގެ ބޭރުން ކަންތައްތަކެއް ހާސިލުކޮށްފައިވާ ނަމަ, ޝަރުތު ހަމަނުވާ ފަރާތްތަކަށް ދީފައި ހުރި ކަމަށްވާ ނަމަ ނުވަތަ އެފަދަ އެހެން ކަންކަން ހުރި ކަމަށްވާ ނަމަ އެކަންކަމާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ،” ފިރުޒުލް ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!