ޚަބަރު
މަސްވެރިން ރުއްސުމަށް ބޮޑުކުރި މަސްކިލޯ، ސަރުކާރުގެ ބޮލު ރިހުމަކަށް!

މިދިޔަ ސެޕްޓެމްބަރު މަހު މަސް ކިލޯއެއްގެ އަގު 25ރ. އަށް ބޮޑުކުރި ނަމަވެސް، ސަރުކާރަށް ޕްރެޝަރު ބޮޑުވެ އެންމެ ފަހުން އެ އަގު ރިވިއުކޮށް އަގުތިރިކުރުމަށް މަޝްވަރާ ފަށައިފި އެވެ.

މަހުގެ އަގު ރިވިއު ކުރުމަށް ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ އިދާރާތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރާއި ހަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓު  ކޮށްފައިވަނީ، މާކެޓުގެ އަގު ހުރި ގޮތުން މި ވަގުތު އަގު ހުންނަން ޖެހޭނީ 20ރ. އަށް ވުރެ ވެސް ދަށްކޮށް ކަމަށެވެ. އެހެން ނޫން ނަމަ އެކުންފުނީގެ ހަރަދުތައް ހަމަޖައްސަން ވަރަށް ބޮޑަށް ދަތިވާނެ ކަމަށެވެ.

“ހަރަދުތައް ހަމަޖައްސަން ވަރަށް އުނދަގޫވެފައި މި އޮތީ. ބިލްތައް ޕެންޑިންގައި ގިނައީ ވެސް އަގަށް ގެނައި ބަދަލުގެ ސަބަބުން. މާކެޓު ރޭޓަށް ބަލާއިރު 20ރ. އަށް ވުރެ ދަށްކޮށް އަގު ބަހައްޓައިގެން ކުރިއަށް ދެވޭނީ. މިފްކޯގެ އޮޕަރޭޝަން ވަރަށް ބޮޑުކޮށް މިދަނީ،”

އޭނާ ވިދާޅުވީ، ސަރުކާރުގެ އެހީތެރިކަމާ އެކު ނޫން ގޮތަކަށް ކުންފުނި މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށާއި މަސްވެރިންގެ ބިލްތަކަށް ފައިސާ ދިނުން ލަސްވަނީ ވެސް، އަގު އެހާ ބޮޑު ކުރުމުން ކުރިމަތިވި ތާށިކަމާ ހެދި ކަމަށެވެ.

މިއަހަރަށް ދައުލަތުގެ ބަޖެޓުން ވަނީ 250 މިލިއަން ރުފިޔާ މިފްކޯއަށް ދޭން ކަނޑައަޅައިފަ އެވެ. އެކަމަކު މަސް ކިލޯއެއް 25ރ. އަށް ބޮޑު ކުރުމުން އޭގެ ދެ ގުނަ ހަރަދުވާނެ ކަމަށް ބެލެވެ އެވެ.

މަސްވެރިން މަސް ގަންނަ އަގު 17ރ. އިން 25ރ. އަށް ބޮޑުކުރީ، އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވަ އެވެ. ސަރުކާރުން އޭރު ބުނީ، އެގޮތަށް ނިންމީ، ޔޫރަޕްގެ މާކެޓަށް ވިއްކާ މަހުން ނަގާ 22 ޕަސެންޓް ކަނޑާލަން ކުރާ މަޝްވަރާތައް ވަރަށް ޕޮޒިޓިވްކޮށް ކުރިއަށްދާތީ ކަމަށާއި އެކަން އެގޮތަށް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ޠިމަކަރުވެެރިނ ހުސވަގުނ