ޚަބަރު
ހަގީގީ މާނާގައި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ލިބޭނީ ޑރ މުޢިއްޒުގެ ސަރުކާރުގައި: ފައިހަތު

ހަގީގީ މާނައިގައި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ލިބޭނީ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކަމަށް ގދ އަތޮޅު ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ ވިދާޅުވެއްޖެއެވެ.

ގދ ރައީސް ފައިހަތު އަދި ޕީޕީއެމް ޕީއެންސީގެ ސެނެޓް މެމްބަރ މިހެން ވިދާޅުވީ ޗެނަލް 13 ގެ ނިއުސް ޓޯކް ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުންނެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ނަމެއްގައި ކަމަށާއި، ހަގީގީ މާނާގައި ސިޓީއެއްގެ ދަރަޖަ ޕީޕީއެމް ޕީއެންސީގެ ވެރިކަމުގައި ލިބިގެންދާނެކަމަށް ފައިހަތު ވިދާޅުވިއެވެ.

” ހަގީގަތުގައި ސިޓީ އެއް އެކުލެވިގެންވަނީ ވަރަށް ގިނަކަންތައްތަކެއް ފުރިހަމަ ވުމުން. ތައުލީމާއި، ސިއްހަތުއެއީ އެންމެ މުހިންމު އެއްކަންތައް. ޑރ މުއިއްޒު ސަރުކާރުގައި އެކަންކަން އިރާދަކުރެއްވިއްޔާ ހައްލުވާނެ – ފައިހަތު

އިތުރަށް ވާހަކަ ދައްކަވަމުން ފައިހަތު ވިދާޅުވީ ތިނަދޫ ސިޓީގެ ސިއްހީ ހާލަތާއި މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ކަމެއް ދިމާވުމުން ފުރައިގެން މާލެ ދިއުމަކީ އެއީ ގަބޫލުކުރެވޭ ކަމެއް ނޫންކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް ރަނގަޅު ޕްލޭންތަކާއި އެކު ޑރ މުއިއްޒު ސަރުކާރުގައި މަސައްކަތް ކުރައްވާނެކަމަށެވެ. އަދި އޭނާ ޔަގީންކުރައްވަނީ ޑރ މުއިއްޒު އެކަން ކަން ކުރައްވާނޭ ކަށެވެ.

ހުވަދު އަތޮޅަށް އިންތިހާބީ ރައީސް ވެފައިވާ ވައުދުފުޅު ތަކާއި ގުޅިން ސުވާލު ކުރެއްވުމުން ފައިހަތު ވިދާޅުވީ، ޑރ މުއިއްޒު ކުރަން ރާވައި އިއުލާން ކޮށްފައިވާ ކަންކަން ކޮށްދެއްވާނޭ ކަމަށެވެ. އެގޮތުން ހުވަދު އަތޮޅުގައި 10000 އެދުގެ ޓުއަރިޒަމް ފުޅާކުރައްވާނޭ ކަމަށާއި އަދި އެކަމުގެ ސަބަބުން އިންޓަނޭޝަނަލް އެއަރޕޯރޓް އަންނާނޭ ކަމަށެވެ. އަދި ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމަކީ އެއީ މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. މިއާއި އެކު ކާޑެއްދޫ އާއި ތިނަދޫ އާއި ދެމެސު ބްރިޖް އަކުން ގުޅާލެވުމަކީ ވެސް މުއިއްޒުހެ ވައުދުފުޅެއްކަން ފައިހަތު ފާހަގަ ކުރެއްވެވިއެވެ.

ފައިހަތު ވިދާޅުވީ ނިމިގެން މި ދިޔަ ދައުރުގައި ކުރެއްވި ކަމަކީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ އެމީހުން ބޭނުން މީހަކަށް ބޭނުން ރަށަކަށް ކަން ކުރަން އުޅުން ކަމަށާއި ހައްދެއްނެތް ނެތި އެމްޑީޕީ މީހުންނަށް ނުވަތަ މަންފާ ލިބޭ ގޮތަށް ވަޒީފާ ދީފައިވާ ކަމަށެވެ. ނަމަވެސް ވެރިކަން ކުރެއްމުގައި އެއްވެސް ޕްރޮޑަކްޓިވް ކަމެއް ނެތުމާއި މާ ބޮޑަށް “ސްލޯ” ވުމުން ރައްޔިތުން ދެވަނަ ދައުރެއް ނުދީ ޑރ މުއިއްޒުގެ ސިޔާސަތަށް ތާއީދު ކުރީ ކަމަށް ގދ ރައީސް ފައިހަތު ފާހަގަ ކުރެއްވިއެވެ.

ޗެނަލް 13 ގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ގައި ފައިހަތު ވަނީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި މީގެ 9 ދުވަސް ފަހުން ފެށޭ ޑރ މުއިއްޒުގެ ވެރި ކަމަކީ ރައްޔިތުންނަށް ވަރަށް އުއްމީދީ ބަދަލު ތަކެއް ގެންނާނެ ދައުރެއް ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!