ޚަބަރު
ފެނަކައިގެ ދަރަނި 1.4 ބިލިއަންރުފިޔާއަށް، ކުރިއަށްއޮތް 4އަހަރުތެރޭ ބޮޑުބައެއް ދައްކައި ހަލާސްކުރެވޭނެ

ފެނަކަ ކޯޕަރޭޝަނުން އެކިއެކި ކޮންޓްރެކްޓަރުންނަށް ދަރާފައިވާ އަދަދު 1.4 ބިލިއަން ރުފިޔާ އަށް އަރާކަމަށާއި 2027 ވަނަ އަހަރާ ހަމައަށް މި ދަރަނީގެ ނުވަދިހައިން ސައްތަ ދައްކައި ހަލާސްކުރެވޭނެކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކި ޕްރޮޖެކްޓްތައް ހިންގައިގެން، ފެނަކަ ކޯޕަރޭޝަނުން އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ މައްސަލަ ބޮޑުވެ ކުންފުނި ތަކުން ވަނީ އެ އޮފީސް ކުރިމަތީގައި މުޒާހަރާ ވެސް ކޮށްފަ އެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅި އެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިދިޔަ އޭޕްރީލް މަސްތެރޭގައި ހުށަހެޅި އެ މައްސަލައިގައި ބުނެފައިވާ ގޮތުގައި އެ ކުންފުނި އޮތީ 2.8 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިން ކުންފުނިތަކަށް ދަރައިފަ އެވެ. ނަމަވެސް އެ މައްސަލަ ބަލައިނުގަނެ މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.

ފެނަކައިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި “އަދަދު” ނޫހުން ސުވާލު ކުރުމުން ސައީދު ވިދާޅުވީ ކުންފުނިތަކަށް ދަރާފައިވާ ފައިސާގެ އަދަދު އުޅޭނީ ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި އެ ފައިސާ މަހުން މަހަށް ދައްކަމުން ދާ ކަމަށާއި ނުދައްކާ ގިނަ ދުވަސްވެފައި ވަނީ މައްސަލަތައް ދިމާވެފައިވާ ބިލުތަކުގެ ފައިސާ ކަމަށް ވިދާޅުވި އެވެ.

“އަބަދުވެސް ކޮންމެ މަހަކުވެސް އެ ލާރި ދައްކަމުން ދަނީ، އަޅުގަނޑުމެންނާ އެބައިމީހުންނާ އެއްބަސްވެވޭ މިންވަރަކުން ދައްކަމުން އަންނަނީ،” ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި މައްސަލައެއް ދިމާނުވާ ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާ ގިނަ ދުވަސްވެފައި ހުންނާނީ އެއް އަހަރާއި ދޮޅު އަހަރާ ދެމެދުގެ ބިލުތަށް ކަމަށެވެ. އަދި ފައިސާ ނުދައްކާ ގިނަ ދުވަސްވެފައިވާ ބިލުތަކަކަކީ އެކި މައްސަލަތައް ދިމާވެފައި ހުރި ބިލުތަށް ކަމަށް ސައީދު ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ އެކި ކުންފުނިތަކަށް ފައިސާ ދައްކަން ކޮންޓްރެކްޓުކޮށްފައި ހުންނާނީ އެކި މުއްދަތުގައި ކަމަށެވެ.

“90 ދުވަހުން ކްލިއާ ނުވާ ބިލުތަކުގެ ދުވަސްތަކުގެ ވާހަކަ މިދެންނެވީ، ނުކުރެވޭ ހާލަތުގަ މި ބުނިހެން މައްސަލަ ދިމާނުވާނަމަ ހުރެދާނެ އެއްބައި މީހުން ކޯޓަށް ދާން ބޭނުންވެގެން އަނެއް ބައިމީހުން ކޯޓުން ބޭރުން ހައްލުކުރަން، މިކަހަލަ ބައިވަރު މަރުހަލާތައް ހުންނާނެ، އެގޮތަށް އެންމެ ގިނަ ދުވަސްވެފަ ހުންނާނީ އަޅުގަނޑަށް ލަފާކުރެވޭ ގޮތުގަ އެއް އަހަރާއި ދޮޅު އަހަރާ ދޭތެރޭގެ ބިލުތައް،” ސައީދު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ މާޗް މަހުގެ ނިޔަލަށް ފެނަކައިން ފައިސާ ދައްކަންޖެހޭ ކުންފުނިތަކުގެ އަދަދު ހާހަކަށްވުރެ އިތުރެވެ. މީގެ ތެރޭގައި ގިނައީ ކޮންޓްރެކްޓަށް ފެނަކައަށް އެކި މަސައްކަތްތައް ކޮށްދިން ކުދި ވިޔަފާރިތަކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!