ރިޕޯޓް
މިއީ މުޖައްރިބު ކަމެއް! އަށްގަޑިއިރުގެ ނިދި ހަމަކުރަން އަށްގަޑިއިރު ނިދާކަށް ނުޖެހޭނެ!

ތަފާތުއެކި އުމުރުތަކުގައި އިންސާނާއަށް ނިދި ބޭނުންވަނީ އެކި މިންވަރަށެވެ. އެންމެ ތުއްތު ކުދިންނަށް ވަރަށް ގިނަ ނިދި ބޭނުންވެއެވެ. ތުއްތު އުމުރުން މަތިވާވަރަކަށް ނިދި ބޭނުންވާ ވަގުތު ދާނީ މަދު ވަމުންނެވެ.  ޒުވާނުންނަށްވުރެން ގިނަ ނިދި ގިނައިން ބޭނުންވެއެވެ. ވަރަށް ގިނަ މީހުންގެ އުމުރުގެ ފަހުކޮޅުގައި ނިދި ބޭނުންވާ ވަރު ބަދަލުވެއެވެ. ރެއާއި ދުވާލުގެ 24 ގަޑިއިރު 8 ގަޑިއިރުގެ ނިދި ބޭނުންވާ މީހުންނާއި 7 ގަޑިިއިރުން ނިދި ހަމަ ވާ މީހުންނާއި 6 ގަޑިއިރު އަދި 5 ގަޑިއިރާއި 4 ގަޑިއިރުން ނިދި ހަމަވާ މީހުންވެސް ތިބޭކަން ދިރާސާތަކުން ދައްކައެވެ. އެހެންނަމަވެސް މިގޮތަށް ނިދި މި ހަަމަ ވަނީ ކޮންގޮތަކަށް ކިހިނެއްކަން ދެނެގަތުން ހަމަ ވަރަށް މުހިންމެވެ.

ހަގީގަތުގައި ބޮޑެތި މީހުންނަށް 8 ގަޑިއިރުގެ ނިދި މުހިންމޭ އެ ބުނާ ބަހަކީ އެވްރެޖްގޮތެއްގައި ބަލާފައި ދިރާސާކުރާ ފަރާތްތަކުން ކަނޑައަޅާފައިވާ މިންގަނޑެވެ. އެކަމަކު އެންމެނަށް އެބުނާ 8 ގަޑިއިރު ހަމަކުރުން ބޭނުމެއް ނުވެއެވެ. އެކަން އެވާ ގޮތް އެނގޭތޯއެވެ.

ﷲތައާލާ ދުނިޔޭގެ ދިރިއުޅުން ހަމަޖައްސަވައި ދައްކަވާފައިވަނީ އެންމެ ފުރިހަމަ ގޮތަށެވެ. ރޭގަނޑުގެ ޢިޝާ ނަމާދުން ފޭބުމަށްފަހު ކެއުމާއި އެހެނިހެން މުހިންމު ކަންތަކުންވެސް އަވަދިވެގެން ރޭގަނޑު ނިދަން ޖެހޭ ގަޑީގައި ނިދައިފިކަމަށްވާނަމަ އެބުނާ 8 ގަޑިއިރު ނިދަން އޮންނާކަށް ނުޖެހެއެވެ. މި އުންމަތުގެ ނަބިއްޔާ މުހައްމަދު ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތާއި އެކަލޭގެފާނުގެ އާލުއަސްހާބީންގެ ދިރިއުޅުއްވުންތަކުން ނަމޫނާ ނަގާ ކަމުގައި ވާ ނަމަ ފެނި އެނގެން  އޮތް ހަގީގަތަކީ ރޭގަނޑު ޢިޝާ ނަމާދުގެ ފަހުން ބޭކާރު އަނގަތެޅުމާއި މަޖާނެގުންތަކުގައި ނުވަތަ މަސައްކަތްތަކުގައި މަޝްއޫލުވުމަކީ އޮންނަ ކަމެއް ނޫންކަމެވެ.

ރޭގަނޑުގެ ކަންތައްތަކުން އަވަދިވެ ޢިޝާގެ ފަހަށް ވީހާވެސް އަވަހަކަށް އެމީހެއްގެ ތަންމަތިތަކަށް ދިއުމަކީ އޮންނަ އުސޫލެވެ. އަދި އަރާމު ފުރިހަމަ ނިންޖެއް ހަމަކުރުމަށްފަހު ދަމު ނަމާދަށް ހޭލައި އަޅުކަމާގެން މަޝްއޫލުވެ ފަތިސްނަމާދުން ނިމިގެން ދުނިޔޭގެ ބިމުގައި ފެތުރި ދިރިއުޅުމަށްޓަކައި އާއިލާ އާބާދުކުރަމުން މަސައްކަތް ފަށަން ޖެހޭނެކަން އެޒަމާނުގެ މިސާލުތަކުން ފެންނަން އެބައޮތެވެ.

ސުވާލަކީ ރޭގަނޑު ކުރީބައިގަ ނިދުމުން ނިދި ހަމަވަނީ ކީއްވެހެއްޔެވެ. ނުވަތަ ސުވާލަކީ ހަމަ އެންމެ ދެތިންގަޑިިއިރު ނިދާފައި ރޭ އަޅުކަަމަށް ހޭލަން ވީހެއްޔެވެ. އޭރުން ނިދި ހަމަ ވާނީ ކިހިނެއް ހެއްޔެވެ.

މިވަނީ ކީއްތޯ ބަލާލަމާތޯއެެވެ. ރޭގަނޑު ބާރައިގެ ފަހަކީ އަނެއް ދުވަހަށް ފެށޭ ގަޑިއެވެ. ބާރައިގެ ކުރިން ނިދައިފިނަމަ އަވަހަށް ހޭލެވުމާއެކު މީހާގެ ނިދި ހުންނާނީ ހަމައެވެފައެވެ. އެކަން ވާގޮތަކީ ރޭގަނޑު 12ގެ ކުރީގެ ނިދީގެ ދިގުމިނާއި އަރާމުގެ ވަގުތު ދިގުވެގެންވާ ކަމެވެ. ހައިރާން ނުވާށެވެ. މިއީ ލިބިފައި ހުރި އިލްމަކާއެކު އެނގިފެނި ތަޖުރިބާ ކުރެވިފައިވާ ކަމެކެވެ.

ރޭގަނޑު ބާރައިގެ ކުރީގެ އެއްގަޑިއިރުގެ ނިދި، ދެގަޑިއިރުގެ ނިންޖާ ހަމަހަމަވެގެންވެއެވެ. ބައެއް ދިރާސާކުރާ ފަރާތްތަކުން އެއީ ތިންގަޑިއިރޭވެސް ބުނެއެވެ. އަދި އަނެއްބައި ފަރާތްތަކުން އެއީ ހަތަރެކޭވެސް ބުނެއެވެ. ކޮންމެ އަދަދެއް ކަމުގައި ވިޔަސް އެނގިފެންނަ ހަގީގަތަކީ ބާރައިގެ ކުރީގެ އެއްގަޑިއިރުގެ ނިދި ދެގަޑިއިރު ނުވަތަ އެއަށްވުރެ ގިނައިރާ ހަމަހަމަކަމެވެ. އެހެންގޮތަކަށް ބުނަންޏާ ބުނެވޭނީ ރޭގަނޑު ބާރައިގެ ކުރީގެ އެއްގަޑިއިރުގެ ނިދުން، ބާރައިގެ ފަހުގެ ދެތިންގަޑިއިރުގެ ނިންޖާ ހަމަހަމަވާކަމެވެ.

އެހެންކަމުން ރޭގަނޑެއްގެ ނުވައެއް ޖަހާއިރު ނިދައިފިނަމަ އެމީހާއަށް ދަންވަރު ތިނެއް ޖަހާއިރު މާރަނގަޅަށްވެސް ނިދި ހަމަވާނެއެވެ. އެކަންވާގޮތަށް ބަލާލަމާ ހިނގާށެވެ.

ބާރައިގެ ކުރީގެ ކޮންމެ ގަޑިއިރަކީ ދެގަޑިއިރު ކަމަށްވާނަމަ ނުވައަކުން ބާރައަށް އެމީހަކަށް ހަގަޑިއިރު ނިދި ހުންނާނީ ހަމަވެފައެވެ. ބާރައިގެ ފަހުން އެކެއް، ދޭއް، ޖަހާއިރު އެހެރީ އަށްގަޑިއިރުގެ ނިދިހަމަވެފައެވެ. ރޭ އަޅުކަން ކުރާ މީހުން ދޭއްޖަހާއިރު ހޭލާ ގޮތަށް އަނެއްދުވަހު ހަތަރުދަމު ހަމަޖެހިގެން ތިބުމުގެ ސިއްރަކީ މިއީއެވެ. ދޭއްޖަހާއިރު ނުހޭލިކަމުގައި ވިޔަސް ފަތިހު ހަތަރެއް ޖަހާއިރު ނިދިން ހޭލެވޭނީ ނިދިހަމަވެ ނިދި ފިލައިގެންނެވެ. ދެން ގަދަކަމުން އޮށޯވެ ނިދަން މަސައްކަތް ކޮށްފިނަމަ ނިދޭނެއެވެ، އެހެންނަމަވެސް އޭރަށް އަނެއްދުވަހު މީހާ ހުންނާނީ ފޮއްވެ ކަންނެތް ވެފައެވެ.

ފެންނަން އޮތް މިހަގީގަތަކީ ކިހާވަރެއްގެ ތެދެއްތޯ އަޖުމަ ބަލާލަން ރޭގަނޑުބާރައިގެ ކުރިއަށް ނިދުން އާދަކުރާށެވެ. ދިހައެއް ޖަހާއިރު އެންމެ ލަސްވެގެންވެސް ނިދުމަކީ ތިމާގެ ނިދި ހަމަވެ ފަތިސްނަމާދަށް ތާޒާކަމާއެކު ހޭލެވި، އަނެއްދުވަސް ނުހަނު ތާޒާކޮށް ހަމަޖެހިގެން ހޭދަކޮށްލެވޭނެ ކަމެކެވެ.

ކުރިއަށް އޮތް ހަފުތާއަށް އަޅުގަނޑުގެ ސިއްހީ ޗެލެންޖަކީ ރޭގަނޑު 10 ޖެހުމުގެ ކުރިން ނިދުމެވެ. (ރޭގަނޑު 9:00 އަކީ އައިޑިއަލް ގަޑި ކަމަށްވި ނަމަވެސް ދިހައެއް ޖަހާއިރަށް މި ނިންމީ ރޭގަނޑުވެސް ކޮންމެވެސް ވަރަކަށް މަސައްކަތް ކުރަން ޖެހޭނެތީއެވެ. ރޭގަނޑު ދިހައެއް ޖަހާއިރު ނިދަން ނިންމީ އޭގެ ނަތީޖާ ރަނގަޅުކަން ތަޖުރިބާ ކުރެވިފައި އޮތުމުންނެވެ. އެހެނީ ރޭގަނޑުގެ ކުރިން ނިދާ ކޮންމެ ގަޑިއަކީ ރޭގަނޑުގެ ފަހުން ދެގުނަ ނިދުމާ އެއްވަރުގެ ގަޑިއެއް ކަމުގައިވާތީއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!