ޚަބަރު
ރައީސް ޔާމިންގެ އިސްތިއުނާފް އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފި!

ވ. އާރަށް މައްސަލައިގައި އިދިކޮޅު ލީޑަރު، ރައީީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އިއްވައިފައިވާ 11 އަަހަރުގެ ޖަލު ޙުކުމުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލު ކޮށްފިއެވެ

މި މައްސަލައިގެ އަޑުއެހުމެއް ތާވަލު ކޮށްފައި މިވަނީ އަޑުއެހުމެއް ނުބާއްވާތާ ދުވަސްތަކެއް ފަހުންނެވެ.

ހައިކޯޓުގައި ކުރިޔަށްދާ މި އަޑުއެހުން ތާވަލު ކޮށްފައިވަނީ މިއަދު މެންދުފަހު 2:00 އަށެވެ. މި މައްސަލާގައި އެންމެ ފަހުން ބާއްވަން ތާވަލްކުރި އަޑުއެހުންވެސް ވަނީ ކެންސަލް ކޮށްފައެވެ.

މިއަދު އަޑުއެހުމުގައި އޮންނާނީ، އެންމެ ފަހުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ދެއްކެވި ވާހަކަތަކަށް ދައުލަތުން ޖަވާބުދާރީވުމެވެ.

އެންމެފަހުން އޮތް ޝަރީއަތުގެ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ އާރަށް ކުއްޔަށް ހޯއްދަވަން، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް އުޅުއްވިކަން ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. ރަށްތަކާއި ފަޅުތައް ލިބެނީ ކޮންބަޔަކަށްތޯ ރައީސް އޮފީހުން ނުބަލާ ކަމަށް ވެސް އެ އަޑުއެހުމުގައި ރައީީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ޙުކުމާއިއެކުގައި، އެމަނިކުފާނު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުމަށް ވެސް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައެވެ. އެހެންނަމަވެސް އެމައްސަލަ އިތުރަށް ކުރިޔަށް ނުގެންދަންވަނީ ނިންމާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!