އީރާނުން ތިބީ ދޫދޭގޮތަކަށް ނޫން، އެމެރިކާއަށް ފަހުގެ އިންޒާރުދީފި
ޚަބަރު
އާދަމް ޝަރީފް އުމަރު، 19 ވަނަ މަޖިލީހުގައި އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރެއްވި ކާމިޔާބު ލީޑަރެއް!

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ޢުމަރު އަކީ މިމަޖިލީހުގައި އިސްލާހީ އެންމެ ގިނަ މަސައްކަތް ކުރެއްވި ކާމިޔާބު ބޭފުޅެކެވެ. އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕާލަމަންޓްރީ ގްރޫޕްގެ ޑެޕިޔުޓީ ލީޑަރުގެ ޒިންމާ އަދާކުރަމުންދާ ހިތްވަރު ގަދަ ހިކުމަތްތެރި ބޭފުޅެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުރިމަތިވި ހުރިހާ ގޮންޖެހުންތަކާ ކުރިމަތިލީ ފިސާރި ކެރިގެން ކެތްތެރި ކަމާއިއެކުއެވެ. ޑިފެންސް މިނިސްޓަރުގެ މަގާމުގެ ޒިންމާ އަދާކުރީ އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކުއެވެ.

މާޅޮސްމަޑުލު އުތުރުބުރީ ފައިނަށް އުފަން، އާދަމް ޝަރީފު ވަނީ މެލޭޝިއާއާއި އިނގިރޭސި ވިލާތުން މަތީ ތަޢުލީމު ޙާޞިލު ކުރައްވާފައެވެ. މާސްޓަރސް ޙާޞިލު ކުރެއްވީ ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާ އިންނެވެ. އަދި އޮސްޓްރޭލިއާ، ސައުތު އެފްރިކާ، ޗައިނާ، ތުރުކީ، މެކްސިކޯ، ހަވާއީ، ސަޢުދީ އަރަބިއާ، އިންޑިއާ އަދި ސްރީލަންކާއާއެކު ތަޢުލީމީ، އިޖުތިމާޢީ އަދި ސިޔާސީ ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ހޯއްދަވާފައިވެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އާދަމް ޝަރީފް ފާހަގަ ވެގެން ދިޔައީ ރައީސް ސޯލިހުގެ ސަރުކާރަށް އިދިކޮޅު މެންބަރެއްގެ ގޮތުގައި ހުރެ އިސްލާހީ މަސައްކަތް ކުރުމަށް އެންމެ ބޮޑަށް ބާރުއެޅުއްވި މެމްބަރެއްގެ ގޮތުގައެވެ.

ރާއްޖެއަށް ދިމާބޮޑެތި ކަންކަމާއި ގާނޫން ތަކުން ނުލިބޭ ހައްލު ގެނައުމަށް ދެންކުރަން އޮންނަ ކަމަކީ ރައްޔިތުންގެ މަޖިލީހެވެ. މިދެންނެވި މައްސަލަތައް ހައްލު ކުރުމަށް މެމްބަރު އާދަމް ޝަރީފް ވަނީ ރައްޔިތުންގެ މަޖިލީހަށް ޖުމްލަ 21 ކުއްލިމައްސަލަ ހުށައަޅާފައެވެ. އަދި މިމައްސަލަ ތަކުގެ ތެރެއިން ގިނަ މައްސަލަ ތަކަށް ބަހުސް ކުރެވި އެދެވޭ ނަތީޖާތައް ވަނީ މަޖިލީހުން ހޯއްދަވައި ދެއްވާފައެވެ.

ރައްޔިތުންނާއި ގުޅޭ ބޮޑެތި ކަންކަމުގައި ސަރުކާރަށް ޕްރެޝަރު ދީ ގަރާރުތައް ހުށައެޅުއްވިއެވެ. ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ތަކެތީގެ އަގުބޮޑުވުމާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމާއި ގުޅިގެން އާދަމް ޝަރީފް ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހަޅުއްވާފައެވެ.

ގަރާރު ނުވަތަ ކުއްލި މައްސަލަ ހުށައެޅުމަކީ، ވަރަށް ގިނަ އިލްމީ ދިރާސާތައް ކުރުމާއި ބޮޑެތި ގިނަ މަސައްކަތްތަކެއްގެ މައްޗަށް އެކުލެވޭ ކަމެވެ.

މީގެ އިތުރަށް ދާއިރާގެ ކަންކަމާއި، ދާއިރާއަށް ގެންނަން ބޭނުންވާ ތަރައްގީގައި އިހުމާލުވެ ނުވަތަ ލަސްކަމެއް ދިމާވެއްޖެނަމަ އެކާމާއި ގުޅުންހުރި މިނިސްޓަރަކު މަޖިލީހަށް ގެނެސް ސީދާ ސުވާލު އެމިނިސްޓަރަކާއި ކުރައްވައެވެ.

ސިޔާސީ ދާއިރާގެ އިތުރަށް އާދަމް ޝަރީފް އަކީ ލިޔުންތެރިއެކެވެ. އާދަމް ޝަރީފު ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި ދަރިވަރުންގެ ފެންވަރު ވަޒަންކުރުން، ކްލާސްރޫމް އިންތިޒާމް ކުރުން އަދި މުދައްރިސުންގެ ފަންނީ އޮނިގަނޑު ހިމެނެއެވެ. މީގެއިތުރުން، ރާއްޖޭގެ މުދައްރިސުންގެ ތަޢުލީމުގެ ރިހިފޮތް، ސާސްކަފުގެ 17، ފަދަ ފޮތްތައް އެކުލަވާލުމުގައިވެސް އެމަނިކުފާނު ވަރަށް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

ސިޔާސީ ހަޔާތުގައި އާދަމް ޝަރީފް އުމަރު އަކީ ނާކާމިޔާބު ބޭފުޅެކޭ ދެންނެވޭނެ އެއްވެސް ޖާގާއެއް ނެތެވެ. ދިފާއީ ވަޒީރު ކަމުގައި ރައްޔިތުންގެ ލޯތްބާއި މުއައްސަސާގެ އިހްތިރާމް ހޯއްދެވިއެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ކާމިޔާބު އިސްލާހީ މަސައްކަތްތަކެއް ކުރެއްވެވިއެވެ.

ވިހިތޭވީސް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތި ނުލެވޭނެކަން ޔަގީންވި ހިސާބުން ރިޔާސީ ޓިކެޓަށް، އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އާއި އެކު ޕްރައިމަރީގައި ވާދަކުރެއްވެވިއެވެ. ނަމަވެސް އިންތިހާބުގައި އެއްވޯޓުގެ ތަފާތުން ނާކާމިޔާބު ވެވަޑައިގެންނެވި ނަމަވެސް އެއަށްވުރެ ބޮޑުހިތްވަރެއްލީ ޑރ މުއިއްޒު ވެރިކަމަށް އިންތިހާބު ކުރުމުގެ މަސައްކަތް ކުރުމަށެވެ.

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ސަރުކާރުގެ ކެބިނެޓްގެ ވަޒީރެއްގެ ގޮތުގައި ހާމަވަމުންދާ ލިސްޓުތަކުގައި އާދަމް ޝަރީފް އުމަރުގެ ނަން އެބަ ފާޅުވެއެވެ.

އަޅުގަނޑުމެން ހުވަދޫ މީޑިއާގެ ފަރާތުން މެމްބަރު އާދަމް ޝަރީފް އުމަރުގެ ސިޔާސީ ހަޔާތައް ކާމިޔާބަށް އެދެމެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. މިސްޓަރު ދަތްދޮޅި

    މިމީހާ ރަނގަޅުވާނެ ބައިބަލާ މިނިސްޓަރަކަށް ލާން.