އީރާނުން ތިބީ ދޫދޭގޮތަކަށް ނޫން، އެމެރިކާއަށް ފަހުގެ އިންޒާރުދީފި
ޚަބަރު
އުފާވެރި ޚަބަރެއް! އިލޮން މަސްކްގެ “ސްޓާލިންކް”ގެ ހިދުމަތް ރާއްޖޭގައި ފަށައިފި

ސިކުންތަކު 50-150 މެގަބިޓް ސްޕީޑުގައި އިންޓަނެޓް ގެ ޚިދުމަތް ދިނުމަށް ޤާބިލުކަން ހުންނަ ސްޓާލިންކްގެ މިހާރު ލިބޭ 50 އަށް ވުރެ ގިނަ ގައުމުގެ ތެރޭގައި ދިވެހި ރާއްޖޭ ހިމެނިގެން ދިޔުންމަކީ ދިވެހި ރާއްޖޭގައި ދިރިއުޅޭ, ވަކިން ޚާއްސަކޮށް ދިވެހިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަން ޔަޤީނެވެ. ޔޫރަޕާއި ދެކުނު އަދި އުތުރު އެމެރިކާގެ ގައުމުތަކައި އޮސްޓްރޭލިއާ އާއި ނިއު ޒިލެންޑް ވެސް ހިމެނޭއިރު ދެކުނު އޭޝިޔާގެ ސަރަހައްދުން އެ ލިސްޓުގަިއި ފުރަތަމަ ޤައުމަކީ ދިވެހި ރާއްޖެ މިވަނީ މިއަދު މިވަނީ ވެފައެވެ.

ސްޓާލިންކް ކުންފުންޏަށް ރާއްޖެއިން ލައިސަންސް ދޫކުރީ މިދިޔަ އޮގަސްޓު މަހުއެވެ. ސްޓާލިންކް ހިދުމަތަށް ބޭނުންވާ ހާޑްވެއާ ވެބްސައިޓުން ޕްރީ-އޯޑަރުކުރި މީހުންނަށް ވަނީ އޯޑަރު ކޮންފާމް ކުރުމަށް ސްޓާލިންކުން އީމެއިލް ފޮނުވައިފައެވެ.

އެ ކުންފުނީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، އެ ހިދުމަތުން 200 އެމްބީޕީއެސްއާ ހަމައަށް ސްޕީޑް ލިބޭނެ އެވެ. މިއީ މަހަކު ގާތްގަނޑަކަށް 1000 ރުފިޔާ އަށް ކަމަށެވެ.އަދި އޯޑަރު ކުރާތާ ދެ ހަފްތާ ތެރޭގައި ޝިޕްކޮށްދޭ މި ޕެކޭޖުގައި ހިމެނެނީ ސްޓާލިންކް ޑިޝް އެންޓަނާއަކާއި މައުންޓެއްގެ އިތުރުން ވައިފައި ރައުޓަރު ޔުނިޓެކެވެ. މި ޕެކޭޖުގެ އަގަކީ ޝިޕިންއާ އެކު 10،300ރ. އެވެ. ވެބްސައިޓް ގައި އާންމު ކުރި ލިޔުމުގައި ވެއެވެ.

ސްޕޭސް އެކްސް ކުންފުނިން ސެޓެލައިޓް މެދުވެރިކޮށް ހައި ސްޕީޑް އިންޓަނެޓް ދުނިޔޭގެ އެކި ގައުމުތަކަށް ދެމުން އަންނަ ސްޓާލިންކް ގެ ވެރިޔަކީ ޓެސްލަރ މޮޓޯސް ގެ ފައުންޑަރ އަދި ސީއީއޯ އިލޮން މަސްކްއެވެ.

އެ ކުންފުނިން މިދިޔަ އަހަރުގެ ތެރޭގައި ސިކުންތަކު 300 މެގަބިޓް ސްޕީޑުގައި އިންޓަނެޓް ލިބޭނެ ގޮތް ވެސް ވަނީ ހަދައިފަ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!