ޚަބަރު
ކުރިއަށް އޮތީ ކޮރަޕްޝަނަށް ނޫނެކޭ ބުނާ ދެފުށް ފެންނަ ސާފު ސަރުކާރެއް: ޑރ މުއިއްޒު

ކުރިއަށް އޮތް ސަރުކާރު ވެގެންދާނީ ހަގީގީ މާނައިގައި ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ ދެފުށް ފެންނަ ސާފު ސަރުކާރަކަށް ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބާއާއި ގުޅިގެން ދައުލަތުގެ މީޑިއާއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ވައްކަމާއި ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ ސާފު ސަރުކާރެއް އެކުލަވާލުމަކީ އެމަނިކުފާނުގެ އަމާޒުކަމަށެވެ.

ސަރުކާރުގެ ވުޒާރާތަކުންނާއި، ކުންފުނިތަކުން ވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، ވުޒާރާތަކާއި ކުންފުނިތަކުގެ އިސް ވެރިންނަށް ވެސް އައްޔަންކުރައްވާނީ ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ ނަޒާހާތްތެރި ބޭފުޅުން ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

“އަޅުގަނޑު ބޭނުން އަޅުގަނޑުމެންގެ ސަރުކާރަކީ ސާފު ސަރަކާރަކަށް ހަދަން. ކޮރަޕްޝަނަށް ހަމަ ހަގީގަތުގައި ވެސް ނޫނެކޭ ބުނާނެ މި ސަރުކާރުން. ކެބިނެޓުގެ މެމްބަރެއް ވިޔަސް، އެމްޑީއެއް ވިޔަސް ފުރުސަތެއް ނުދެއްވާނެ ކޮރަޕްޝަނަކަށް”

އިންތިޚާބީ ރައީސް ޑރ މުއިއްޒުއެމަނިކުފާނު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓާއި، ސަރުކާރުގެ ކުންފުނިތަކަށް މީހުން އައްޔަށްކުރިއިރު، އެ ބޭފުޅުންގެ ނެތުވެރިކަމާއި ނަޒާހަތްތެރިކަމަށް ވަރަށް ބޮޑަށް ބައްލަވާފައިވާނެ ކަމަށެވެ.

އެމަނިކުފާނުގެ ޓީމަކީ ތެދިވެރިކަމާއި އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާނެ ޓީމެއްކަން ޔަގީންކުރައްވާކަމަށާއި، އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ ޤާބީލު ނަޒާހަތްތެރި ސަރުކާރަކަށް ކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!