ޚަބަރު
އީވާއާއި އަފީފަށް ނަޝީދުގެ މައްސަލައިގެ ރިޔާސަތު ނުބެލެހެއްޓޭނެ

ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުން މުހައްމަދު ނަޝީދު ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އެޖެންޑާ ކުރާ މަޖިލިސް ޖަލްސާތަކުގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ އާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް ނުބެލެހެއްޓޭނެ ގޮތް ހަދަން، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ފާސްކޮށް އެކަން އާއްމު ކޮމިޓީއަށް އަންގައިފިއެވެ.

މިއަދު ހެނދުނު ބޭއްވި މަޖިލިސް ރައީސް ނަޝީދުގެ މައްސަލައިގައި އަފީފު، މަޖިލިސް ގަވާއިދާ ހިލާފުކަމަށް ވިދާޅުވެ ޖަލްސާ ނިންމަވައިލެއްވުމަށްފަހު އަދުގެ ދެވަނަ ޖަލްސާގައި އީވާ ވެސް ހަމަ މިމޭރުމުން ބޭރުކޮށްފައިވާ މައްސަލައެއްކަމަށް ވިދާޅުވެ ޖަލްސާ ނިންމަވާލެއްވި މައްސަލައިގައި، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ އިމްތިޔާޒު ކޮމިޓީއަށް އަފީފްގެ ސުލޫކީ މައްސަލަ ހުށަހެޅުއްވިއެވެ.

އަދި އެމްޑީޕީގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އީވާގެ މައްޗަށް އިމްތިޔާޒީ މައްސަލަ ހުށަހެޅިއެވެ. އެއާއެކު ސުލޫކީ ކޮމިޓީ ނިންމީ އީވާ އާއި އަފީފް މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާކަމަށެވެ.

އީވާއާއި އަފީފު ތަކުރާރުކޮށް ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ހެން ކަންތައް ކުރައްވާތީވެ، އެންމެފަހުން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ފާސްކޮށް ނިންމީ އެ ދެބޭފުޅުންނަށްވެސް ނަޝީދުގެ މައްސަލައިގެ ނުބެލެހެއްޓޭނެ ގޮތް ހެދުމަށެވެ. އަދި ކޮމިޓީން ވަނީ ފާސްކުރި މިނިންމުން މަޖިލިހުގެ އާއްމު ކޮމިޓީއަށް އަންގާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!