އިޒްރޭލުގެ އަނިޔާގައި ނެތިފަނާވަމުންދާ ފަލަސްތީނުގެ މުސްލިމުންނަށްޓަކައި މިރޭ ނުވައެއް ޖަހާއިރު ކޮންމެ ބަޔަކުވެސް އެބަޔަކު އުޅޭ ގޭގެ ދޮރުމައްޗަށް ފަލަސްތީނުގެ ދިދައެއް ހިފައިގެން ނުކުތުމަށް އެދި ދިވެހި ޒުވާނުންތަކެއް ދައުވަތު ދީފިއެވެ.
“ހުވަދޫ”ނޫހަށް މިޒުވާނުން ބުނީ މިއީ އެޒުވާނުން އިސްނަގައިގެން ފަލަސްތީނަށްޓަކައި އަޑުއުފުލުމަށް، އަދިވެސް ދިވެހިން މިތިބީ ފަލަސްތީނާއެކުގައި ކަން ހާމަކޮށް ޔަގީން ކޮށް ދިނުމަށްޓަކައި ވިސްނައި ނިންމުމަށްފަހު ދިވެހިންނަށް ދިން ދައުވަތެކެވެ.
ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް، ކޮންމެ ރަށަކުންވެސް، އެބަޔަކު އުޅޭ ގޭގެ ދޮރުމައްޗަށް ދިދައެއް ހިފައިގެން ނުކުތުމަކީ ދަތި ކަމަކަށް ނުވާނެއެވެ. އަދި މިހެން ނުކުތުމުން އަވަށްޓެރިންނާއި ހިސާބުގަނޑުގެ މީހުންނާއި އަވަށްޓެރިން އެކުގައި ފަލަސްތީނަށްޓަކައި އެއްވަގުތަކުން އަޑުއުފުލާލެވޭނެއެވެ.
އެހެން ކަމުން މިރޭ ނުވައެއް ޖަހާއިރު ގޭގެ ދޮރާށި ދޮރަށް ނުކުންނަވާށެވެ. ފަލަސްތީނު ރަމްޒުކޮށްދޭ ދިދައަކާއެކު އަޅުގަނޑުމެންގެ އުންމަތުގެ އަހުންނާއި އުހްތުންނަށްޓަކައި ދެއަތް އުފުލާލަން ނުކުންނަވާށެވެ. އަވަށްޓެރިންނާއި ހިސާބުގަނޑުގެ މީހުންނާއި އަވަށްތަކުންނާއި ރަށްތައް ހިމެނޭހެން މުޅި ރާއްޖެ އެކީ އެއްވަގުތަކު އެއް ހިނދުކޮޅެއް ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލަން ނުކުތުމަކީ މިޒުވާނުންގެ އަދި ފަލަސްތީނަށްޓަކައި އަޑުއުފުލާ އެތައް ބައެެއްގެ ވަރަށްބޮޑު އެދުމެކެވެ.
މިއީ އުންމަތަށްޓަކައި ހުސްކޮށްލެވޭ ވަގުތުކޮޅެކެވެ. ﷲއަށްޓަކައި އުންމަތުގެ އަހުންނާއިއުހުތުންނަށްޓަކައި ހުސްކޮށްލެވޭ ވަގުތުކޮޅެކެވެ. މުސްލިމުންނަކީ އެއްހަށިގަނޑެއްގެ އެކި ގުނަވަންތަކެއްގެ މިސާލުދެވޭ ބައެކެވެ. ވީއިރު ހަށިގަނޑުގެ އެއްގުނަވަން ޒަހަމްވެ ޗަސްވަމުންދާއިރު ބާކީ ހުރި ގުނަވަންތަކުގައި އެވޭން ނާޅާ ނުދާނެއެވެ. މޭލުތަކެއް ދުރުގައި ރެއާދުވާލު ދެން އަޅާ ބޮމުގައި އަހަރެންބާ؟
ހިތަށް އަރައަރައި ސިހިސިހި އެތިބީ ހަމަ އަހަރެމެންގެ ހަށިގަނޑުގެ ބައެކެވެ. އެހެންކަމުން އެވޭން އަހަރެމެންގެގައިގައިވެސް އަޅައެވެ. އެއާރެއް ބާރެއް ނެތް ﷲގެ އަޅުތަކުން ޚާއިނުންގެ އަނިޔާގައި ފަނާވަނީއެވެ. ދެއަތް އުފުލައި އަޑުއުފުލާލަމާތޯއެވެ! ދިދައެއް ހިފައިގެން ނުވައެއް ޖަހާއިރު ނުކުންވާށެވެ. ދުރަކަށް ނޫނެވެ. ގޭ ދޮރުމައްޗަށް ނުވަތަ ދޮރާށި ދޮށަށެވެ.

