ރިޕޯޓް
ބޮޑެތި ފައިބަރު ދޯނި ކަނޑުމައްޗަށް މެދުން ބިންދައިގެން ދިޔުން- ސީރިއަސް މައްސަލައެއް!

ފުވައްމުލަކު ބޭރު, ކަނޑުގެ ސަރަހައްދުން މަހަށް ނިކުމެ އުޅުނު ގއ ގެމަނަފުށީ، އޯކިޑް 707 ނަމަކަށް ކިޔާ މަސް ދޯންޏެއް ބިންދައިގެން ދިޔަ ޙާދިސާ ވެގެން ދިޔައީ ހިތާމަވެރި ހިތްދަތި ޚަބަރަކަށެވެ. ހަމަ އެހެންމެ މީގެ ކުރިން ވެސް އެފަދަ ޙާދިސާ އެއް 2021 ވަނަ އަހަރު އަދި އޭގެ ކުރިން “ތޭރަވާ” އާއި “ޝިފާ’ ދޯނި އެއްގޮތަކަށް ބިންދައިގެން ގޮސް ފޫނުބެދޭ ގެއްލުން ތަކެއް ވުމުން, މިއީ “ސީރިއަސް މައްސަލައެއް” ގޮތުގައި ވިސްނަން ޖެހޭފަދަ ކަމަކަށްވެސް ވެއްޖެއެވެ.

ދިވެހި މަސްވެރިން ވަނީ މިކަން ސަމާލު ކަމަށް ގެނައުމަށް މީސްމީޑީއާގައި ވެސް ވާހަކަ ދައްކަން ފަށާފައެވެ. އުފެދޭ ސުވާލަކީ މިލިއަނުން ފައިސާ ޚަރަދު ކޮށްގެން ބަންނަ ބޮޑެތި ފައިބަރު ދޯނި އެއްގޮތަކަށް ބިންދައިގެން ދިޔުމަކީ މާވަޑިޔާގެ ނުވަތަ ޒަމާނީ ޓެކްނޮލޮޖީ އަށް ވަޑިފަތި ފަރުމާކޮށް އޮޑި ބަނދެ ހުރިހާ ކަމެއް ނިންމައިދޭ މޭސްތިރިޔާގެ މައްސަލަ އެއްތޯ ނުވަތަ ދޯނީގެ ކެޔޮޅާއި ފަޅުވެރިންގެ އިހުމާލުން މެދުވެރިވާ ކަމެއްތޯ އުފެދޭ ސުވާލެވެ.
މަސްވެރިންނާއި އޮޑިވެރިން އަދި ވަޑިން އިއްތިފާގު ވާ ގޮތުން ދޯނި ތައް ކަނޑަށް ބަލިވެ ބިންދައިގެން ދާ މައިގަނޑު ސަބަބަކީ ކޮލިޓީ ދަށް ކޮށް ފައިބަރު މަސައްކަތް ކުރުމެވެ. ޚަރަދު ކުޑަކޮށް މަސައްކަތް ކުރުމެވެ.

2021 ގައި ރޯދި ދޯނި ސަލާމަތް ކުރަނީ

މިހާތަނަށް 100 އަށް ވުރެ ގިނަ ފައިބަރު ދޯނި ބަނުމުގައި ޢަމަލީ ގޮތުން އެކި މަސައްކަތްތައް ކޮށްފައިވާ ސަދަން ކްރާފްޓް ކުންފުނީގެ ވެރިޔާ ގދ ތިނަދޫ އާތިރު އިބްރާހީމް ހުވަދޫ މީޑިއާ އާއި ވާހަކަ ދައްކަން ބުނީ ފައިބަރު ދޯނިތައް އެއްގޮތަކަށް ބިންދައިގެންދާ މައްސަލައަކީ ކޮލިޓީ ދަށްވުން ކަމަށާއި ބައެއް މީހުން ބޭނުންވަނީ ޚަރަދު ކުޑަކޮށް އަވަހަށް އޮޑި ނިންމާލުން ކަމަށެވެ.

މިހާރު, 100 ފޫޓު ދޯނި ބަންބަން 30 ނުވަތަ 40 ވަރަކަށް ފީފާ ފައިބަރު ބޭނުން ކުރުން. މިއީ ޖުމްލަ ކޮށް ދިމާވާ މައްސަލަ. ރަނގަޅަށް ބޯކޮށް ފައިބަރު ބޭނުން ކޮށްފައި ހުންނަ ދޯނި ތަކަށް ތި މައްސަލަ ދިމާ ނުވޭ. އެ އުޅެނީ ސްޓްތަކްޗަރ މައްސަލަ އެއް ނޫން – އާތިރު ބުންޏެވެ.

އޭނާ ބުނީ ބިންދައިގެން ގޮސްފައި ހުރި ދޯނި ތަކަށް ބަލާ އިރު އެކަން ވަރަށް ބޮޑަށް ފާހަގަ ވާ ކަމަށެވެ. ރާއްޖޭގެ މަސްވެރިކަމަށް ބޮޑު އިންޤިލާބީއެއް ގެނުވި ބޮޑެތި ފައިބަރު ދޯނި ތަކުގެ ތެރެއިން ކަނޑުމަތީގެ ހާދިސާ ތަކުގައި ބިންދައިގެން ގޮސްފައިވަނީ 80 ފޫޓަށް ވުރެ ބޮޑެތި އުޅަނދުފަހަރު ތަކެވެ. އުޅަނދު ބޮޑުވާ ވަރަށް އޭގެ ފެންވަރާއި ފަރުމާ ވެސް ފުރިހަމަ ވާން ޖެހޭނެއެވެ.

2021 ގައި ރޯދި ދޯނި ސަލާމަތް ކުރަނީ

ބޮޑެތި ފައިބަރު ދޯނި ފަހަރު, ކަނޑުމަތީގެ ޙާދިސާތަކުގައި މެދުން ބިންދައިގެން ދިއުމަކީ އާންމު ކަމަކަށް ވުމުން އެއީ އަޅާނުލާ, ހަމައެކަނި ހަބަރު ތަކެއްގެ ސުރުހީ އަކުން ނިންމާލެވޭ ކަމަކަށް ހެދުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. އެއަށްވުރެ އެކަމަށް މާބޮޑަށްވެސް ސަމާލުވެ، އެ “ބިންދައިގެން ދިއުމުގެ” ހަގީގީ ސަބަބުދެނެގަނެ އެކަންކަން ހާމަކޮށް އަނެކުންނަށް ފޯރުކޮށްދިނުމަކީ ޒިންމާއެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!