ޚަބަރު
ހަތަރުހާސް ފުލެޓްގެ ތެރެއިން ކަސްޓަމްސްގެ މުވައްޒަފުންނަށްދޭ ފުލެޓް އިއުލާން ކޮށްފި

4000 ފްލެޓް ގެ ތެރެއިން ކަސްޓަމްސް ގެ މުއައްޒަފުންނަށް ދޭ 100 ފްލެޓް ކަނޑައަޅައި ހައުސިން މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފަރާސްޓްރަކްޗާއިން ކަސްޓަމްސް އަށް ފޮނުވި ސިޓީގައި ބުނީ ކަސްޓަމްސް އިން އެ މިނިސްޓްރީއަށް ފޮނުވި ސިޓީގައި 3 ކޮޓަރީގެ 96 ފްލެޓާއި 2 ކޮޓަރީގެ ހަތަރު ފްލެޓަށް އެދިފައި ވާ ކަަމަށެވެ.

މިތަނުން އެންމެ ބޮޑަށް އިސްކަން ދީފައި ވާނީ ގެދޮރުވެރިޔާ ސްކީމް ގެ ދަށުން ފޯހު ހުށައަޅާފައި ވާނަމަ ހުށައަޅާފައިވާ ކެޓަގަރީއަކުން ފްލެޓް ދޫކުރުމަށް ކަމަށެވެ.

މީގެ އިތުރުންވެސް ސިޓީގައި ވަނީ ކަސްޓަމްސް ގައި ހިމެނޭ 67 ފރާތަކުން 3 ކޮޓަރީގެ އެޕާރޓްމެންޓް ހޯދުމަށް ހުށައަޅާފައިވާ ކަމަށާއި، 12 ފަރާތަކުން 2 ކޮޓަރީގެ އެޕާރޓްމެންޓް ހޯދުމަށް ހުށައަޅާފައި ވާ ކަމަށެވެ. އަދި ލިސްޓުގައި ހިމެނޭ 2 ކޮޓަރިއަށް އެދުނު ފަރާތްތަކަށް 2 ކޮޓަރީގެ އެޕާރޓްމެންޓް ހަމަ ޖައްސާފައިވާނެކަމަށާއި އެހެން ފަރާތް ތަކަށް ހަމަ ޖައްސައިފައިވާނީ 3 ކޮޓަރި ކަމަށެވެ.

ހައުސިން އިން ކަސްޓަމަށް ފޮނުވި ސިޓީ

މި ފަރާތް ތަކަށް ލިބޭ ޔުނިޓް ކަނޑައެޅުމަށްފަހު، އެގްރީމެންޓްގައި ސޮއި ކުރުމުގެ ކަންތައްތައް ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

މި ސިޓީއާއި އެކު 100 ފްލެޓް ލިބުނު ފަރާތް ތަކުގެ ނަންތައް ވަނީ ކަސްޓަމްސް އަށް ފޮނުވާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!