ޚަބަރު
ރާއްޖެއިން ޝެންގެން ނުވަ ގައުމެއްގެ ވިސާ މިހާރު ލިބޭނެ

މާލޭގައި ހުންނަ ވީއެފްއެސް ގްލޯބަލް ޖޮއިންޓް ޝެންގެން ވިސާ އަށް އެޕްލިކޭޝަން ސެންޓަރު (ވީއެފްއެސް މާލެ) މެދުވެރިކޮށް ޔޫރަޕްގެ ޝެންގެން ނުވަ ގައުމެއްގެ ވިސާ، އެޕްލައި ކުރުން ލުއިފަސޭހަ ކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނީ، މި ހިދުމަތް އިތުރަށް ފުޅާކުރުމަށް ޝެންގަން ޒޯނުގައި ހިމެނޭ ގައުމުތަކުގެ ހާރިޖީ ވުޒާރާތަކާއެކު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ވީއެފްއެސް މާލެ ވިސާ ސެންޓަރާ ރަސްމީކޮށް ސްވިޓްޒަލެންޑް އިން މިދިޔަ 21 އޮގަސްޓުގައި ގުޅިފައިވާ ކަމަށެވެ.

އެ ސެންޓަރު މެދުވެރިކޮށް  މިހާރު ވިސާ ލިބޭ ޝެންގެން ގައުމުތަކަކީ:

 1. ސްވިޓްޒަލެންޑް
 2. ބެލްޖިއަމް
 3. ނެދަލެންޑްސް
 4. -ޕޮލެންޑް
 5. ލަގްޒެމްބޮގް
 6. ސްލޮވީނިއާ

މިއަދުން ފެށިގެން އިތުރު ތިން ޝެންގެން ގައުމެއްގެ ވިސާ އަށް ވެސް އެ ސެންޓަރުން އެޕްލައިކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މިއަދު ބުންޏެވެ.

އެ ގައުމުތަކަކީ:

 1. ފްރާންސް
 2. ސްޕެއިން
 3. ޕޯޗުގަލް

އެތެރޭގެ ބޯޑަރުތަކުގައި ހުރި ކޮންޓްރޯލްތައް ނައްތާލައި، މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމުގެ މިނިވަންކަން އޮންނަ ގޮތަށް ޝެންގެން އެއްބަސްވުމުގެ ދަށުން ޔޫރަޕްގެ 27 ގައުމެއް އޮވެ އެވެ.

ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަކަމާއެކު ވިސާއަށް އެޕްލައިކުރެއްވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކައި ވީއެފްސީ ސެންޓަރެއް މާލޭގައި ހުޅުވާފައިވަނީ 1 މާރިޗު 2020ގަ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!