ޚަބަރު
މާބަނޑުބުޅަލަކަށް އަނިޔާކޮށް މަރާލި މީހަކު ހައްޔަރުކޮށްފި

މާބަނޑު ބުޅަލަކަށް ވަޅީން ހަމަލާދީ މަރާލި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މީހަކު ވަޅިއަކުން ބަނޑުބޮޑު ބުޅަލަކަށް އެއްވެސް ސަބަބެއް ނެތި އަނިޔާކޮށް މަރާލާ މަންޒަރު ވީޑިޔޯއެއް ސޯޝަލްމީޑިޔާގައި ދައުރުވަމުން އެބަދެއެވެ.

ވީޑިއޯ އިން ފެންނަނީ އަމީރުއަހްމަދު މަގުގައި ހުންނަ ފިހާރައެއް ކައިރީ ޕޭވްމަންޓް މަތީގައި މާބަނޑުބުޅަލެއް ކާން އޮއްވައި އެ މީހާ އެތަނަށް އައިސް ކުޑަ ވަޅިއެއް ނަގާ ކުއްލިއަކަށް އެ ބުޅަލަށް ހަމަލާ ދޭ މަންޒަރެވެ. ސޯޝަލް މީޑީއާގައި މިހާރު އެ ހާދިސާގެ ވިޑިއޯ ދައުރުވަމުން އެބަދެއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ އެ ބުޅަލުގެ ބަނޑަށް ވަޅިއެއް ހަރާލުމުން ބުޅާ އެތަނުން ދުއްވައިގަނެއެވެ. އެއަށްފަހު، ވަޅިން ލޭތައް ފޮހެލުމަށް އޭނާ އިރުކޮޅަކު މަޑުކޮށްލައެވެ.

އެ ވަގުތު ފިހާރާ ގައި ތިބި މީހުން ނިކުމެ އެ މީހާ ހުއްޓުވާ ހަމަލާ ދޭން ވަނީ މަަސައްކަތް ކޮށްފައެވެ.

އެ ފިހާރައަކީ ތުރުކީ ބަޔަކު ހިންގާ ފިހާރައެއް ކަމަށް ވެއެވެ.

ވަޅީން ހަމަލާ ދިން ބުޅަލަށް ފިހާރައިގެ މީހުން ކޮންމެ ދުވަހަކު ކާން ދޭ ކަމަށް ވެއެވެ. އެހެން ކަމުން އެމީހާ އެގޮތަށް އެބުޅަލަށް ހަމަލާ ދިނުމުން ފިހާރައިގެ މީހުން ވަނީ ރުޅިގަދަވެ އެ މީހާއަށް ހަމަލާ ދީފައެވެ.

މިމީހާ ހައްޔަރު ކޮށްގެން ގެންދިއުމުގެ ކުރީން އެ ސަރަހައްދަށް އައި ފުލުހަކު ވަނީ އޭނާ އަށް ހިމާޔަތް ދީފައެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ސަމާލުކަމަށް އައުމުން، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ

ފުލުހުން ވިދާޅުވީ މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. އައްޔު

    ތިމީހާއަކީ މުޖުތަމައުއަށް ހުރި ނުރައްކަލެއް މިއަދު ބުޅަލެއް މާދަމާ؟؟؟