ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އަސްލަމް އިންތިހާބުކޮށްފި

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިންތިހާބު ކޮށްފި އެވެ.

މަޖިލީހުގެ ރައީސްގެ މަގާމުން މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން މިރޭ ބޭއްވި ޖަލްސާއެއްގައި އާ ރައީސަކު އިންތިހާބު ކުރުމުގެ މަސައްކަތް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.

އެ މަގާމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓު ކަމަށް ވެސް ކަނޑައެޅުއްވި އަސްލަމް އެވެ.

އަސްލަމާ ވާދަ ކުރެއްވީ ދަ ޑިމޮކްރެޓްސްގެ ފަރާތުން، އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

މަޖިލީހުގައި މިއަދު ނެގި ސިއްރު ވޯޓު ކާމިޔާބު ކުރެއްވި އަސްލަމް އަށް ލިބިވަޑައިގަތީ 53 ވޯޓެވެ. އަދި އާޒިމް އަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

ޖަލްސާ އަށް 77 މެންބަރުން ވަޑައިގެންނެވި އިރު ވޯޓުގައި ބައިވެރިވީ 76 މެންބަރެކެވެ.

މީގެ ފަސް މަސް ކުރިން ނަޝީދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅި ފަހުން މަޖިލިސް ރަނގަޅަށް ނުހިނގަ އެވެ. ބިލުތަކާއި ގަރާރުތައް ވެސް ކުރިޔަށް ނުގެންދެވި މަޖިލިސް އޮންނަނީ ގާނޫނީ ޑެޑްލޮކެއްގަ އެވެ.

އެމަނިކުފާނު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން މާދަމާ އަށް ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓަރީ ބްޖެޓުގެ މަސައްކަތް ކުރުމަށް ވަނީ ރާވައިފަ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!