ޚަބަރު
ޑިމޮކްރެޓުންގެ ހުރަަސް އެޅުމާއެކުވެސް ބަޖެޓް ހުށަހަޅައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލިހަށް ވަޑައިގެންނެވުމުން ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ އަޑުގަދަ ކުރެއްވުމާއި އިހުތިޖާޖުގެ ތެރެއިންވެސް ދެ ބަޖެޓު މަޖިލިހަށް މިއަދު ހުށަހަޅައިފިއެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓަށް އިތުރުކުރަން ސަރުކާރުން މަޖިލިހަށް ހުށަހެޅީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެކެވެ. އަދި އަންނަ އަހަރަށް ލަފާކޮށް މަޖިލިހަށް ހުށަހަޅާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމާ އެކު، ނިޒާމީ ނުކުތާއެއް ނަންގަވައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު، ހިނގާ އަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓަރު ހުށަހަޅުއްވަންޖެހޭނެ ކަމަށް މާލިއްޔަތު ގާނޫނާއި މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އިރު، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ދެއްވި ލަފާ ގަބޫލު ކުރައްވައި އަމީރު މީގެކުރިން މަޖިލިހަށް ވަޑައިގެންފައި ނުވާ ކަމަށެވެ.

އެކަމަކު، މިދިޔަ ހަފްތާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި އެ ލަފައަކީ ގާނޫނުއަސާސީއާ ހިލާފު ލަފައެއް ކަން ސާފުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލިއްޔަތުގެ ގާނޫނުގައި ބުނާ ގޮތުން ކޮންމެ ނޮވެމްބަރު 1 ގެ ކުރިން މަޖިލިހަށް ބަޖެޓު ހުށަހަޅަން ފިނޭންސް މިނިސްޓަރަށް ލާޒިމްވާ އިރު، އެ މުއްދަތު ފަހަނައަޅައި ދިއުމުގެ ކުރިން މަޖިލިހުން ވަނީ އަމީރު ޖަލްސާ އަށް ވަޑައިގެން ބަޖެޓު ހުށަހެޅުއްވުމަށް ދައުވަތު ދެއްވައިފައެވެ.

އެކަމަކު، ބަންޑާރަ ނައިބު ދެއްވި ލަފައަކާ ގުޅިގެން ބަޖެޓު ހުށަހެޅުއްވުމަށްޓަކައި އަމީރު ފުރަތަމަ މަޖިލިހަށް ވަޑައިނުގަންނަވައެވެ. ބަންޑާރަ ނައިބު އޭރު ވިދާޅުވެފައި ވަނީ މަޖިލިހުގެ ރައީސް ކަމުން މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައި އޮތް މައްސަލައާ މެދުގައި ގޮތެއް ނުނިންމައި އިތުރު މައްސަލައެއް މަޖިލިހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެ ދުވަސްކޮޅު މަޖިލިހުގައި އޮތުމުން ޖަލްސާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ނިޒާމީ މައްސަލަ ނަންގަވައި ނަޝީދު ވިދާޅުވީ މާލީ ވަޒީރު މަޖިލިހަށް ވަޑައިގެން އިންނެވީ ކުށުގެ ތުހުމަތުގައި އިންނަވައިގެން ކަމަށެވެ. މާލިއްޔަތުގެ ގާނޫނުގައި ބަޖެޓު ހުށަހަޅަންވީ ދުވަސްތައް ބަޔާންކޮށްފައިވާ ކަމަށާއި ސިޔާސީ ބޭނުމެއްގައި އެ ބޭފުޅުން އެކި ގޮތް ގޮތަށް އަނބުރަމުން ގެންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“ދިވެހި ދައުލަތުގެ ނިޒާމު ނަގާލެވިގެން ނުވާނެ. މާލީ ވަޒީރު ޝަރީއަތަށް ފޮނުވުން އެއީ މިވަގުތު އަޅުގަނޑުމެންނަށް ކުރަން އޮތް އެންމެ މުހިންމު ކަންތައް،” ނަޝީދު ވިދާޅުވިއެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ފިނޭންސް މިނިސްޓަރު އަމީރު މަޖިލިހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށެވެ. އެއީ ގާނޫނުން ލާޒިމް ކުރާ މުއްދަތުގައި މަޖިލިހުން އަންގާފައި ވަނިކޮށް ގަސްދުގައި މަޖިލިހަށް ޗެލެންޖު ކުރައްވައި ވަޑައިގެންފައި ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

“މިއީ މުޅި މަޖިލިހުގެ ނިޒާމަށް އަރައިގަތުން ކަމަށް ދެކެން. އަދި ސުޕްރީމް ކޯޓުގެ ހުކުމުން ވެސް ޔަގީންކޮށް ދީފައި ވަނީ އެ އަމަލަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށް،” އިންތި ވިދާޅުވިއެވެ.

މަޖިލިހުގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް، އެ ނިޒާމީ މައްސަލަތައް ބަލައިގެންފައެއް ނުވެއެވެ. އަދި ދެ ބަޖެޓު ހުށަހެޅުއްވުމުގެ ފުރުސަތު ފިނޭންސް މިނިސްޓަރަށް ވަނީ ދެއްވައިފައެވެ. އެއާއެކު، ދަ ޑިމޮކްރެޓްސްގެ މެމްބަރުން މަޖިލިހުގައި އަޑުގަދަ ކުރެއްވި މަންޒަރު ފެނިފައިވެއެވެ. އަދި އަމީރު އިންނެވި ގޮނޑި ކައިރި އަށް ވަޑައިގެން ވެސް އަޑުގަދަ ކުރެއްވިއެވެ. އަމީރު ބަޖެޓު ހުށަހަޅުއްވަމުން ގެންދެވި ގަޑީގައި އެމްޑީޕީގެ މެމްބަރުން މިނިސްޓަރުގެ ހިމާޔަތުގައި ތިއްބެވި ތަން ފެނެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!