ޚަބަރު
މަފާޒުގެ ލޮލުގެ ވޭނާއި ރިހުމަށް ފަރުވާދީ ރަނގަޅު ކުރެވޭނެ، ބޭނުންވަނީ ދީލަތި އެހީ!

ދަރިންނަކީ ﷲ ތައާލާ ދެއްވާ ވަރަށް ވެސް ފުރިހަމަ ހާއްސަ ހަދިޔާއެކެވެ. ނިއުމަތެކެވެ. ހާއްސަކޮށް އެންމެ ފުރަތަމަ މަންމާ، ބައްޕާ ކިޔާ ގޮވާލައި، މަޔަކަށް ބަފަޔަކަށް ވުމުގެ އުފާވެރިކަން ދިން ދަރިފުޅު އެހެން ކުދިންނާ ހަމަހަމަ ވިކަމުގައި ވިޔަސް “ދޮށީ” ދަރިފުޅަށްވީތީ ހާއްސަކަން ޔަގީނެވެ. ފިރިހެންދަރިންނަކީ ބައްޕައިންގެ ބެސްޓީ އޭ ބުނަނީ ސަބަބެއް ނެތި ނޫނެވެ. މިހާ ލޮބުވެތި ފަރާތެއް ވޭނުގައި އުޅޭތަން ދެކޭކަށް ބަފައިލަގޮނޑި ކެތެއް ނުކުރާނެކަން ޔަގީނެވެ. އެހެންނަމަވެސް ކުރާނެ ކަމެއް ނެތެވެ. ދަރިފުޅުގެ ވޭން ދުރުކުރެވޭތޯ، އެ ތަދުން އެތަކުލީފުން ދަރިފުޅު ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުންދާ މި ބައްޕަ އާ ބައްދަލުވެ ވާހަކަދެކެވުމުން އިހްތިޔާރަކާ ނުލައި ހިފަހައްޓައިގެން ހުރުމާއެކުވެސް ލޯފުރުނުއިރު ހިތަަށް ކުރީ ބުނެދޭންނޭނގޭ ވަރަށް އަސަރު ކުރިއެވެ. އަޅުގަނޑަށް މިވަރު ވީއިރު އެ ބައްޕަގެ ހާލަކީ ކޮަބައތޯއެވެ. އަދި އެވޭން އުފުލާ ދަރިފުޅުގެ ހާލު ތޯއެވެ!

“ދަރިފުޅުގެ ލޮލުގައި ވަރަށްބޮޑަށް އިންފެކްޝަން ހެދިފައި ހުރީ، ކުރިން އޮޕަރޭޝަންތައް ކުރީ އިންޑީޔާއިން، ތައިލެންޑް ހޮސްޕިޓަލުން ބުނީ އިންފެކްޝަން ނައްތާ ނުލާ ކުރި އޮޕަރޭޝަންތަކުގެ ސަބަބުން އެސްފިޔަ އެޅެނީ ލޮލުގެ އެތެރެއަށް ކަމަށް. މިހާރު ދަރިފުޅުގެ ލޮލަށް ފަރުވާނުކޮށް ދޫކޮށްފިނަމަ ލޮލުގެ ފެނުން އެއްކޮށް ގެއްލިދާނެ،”

ކިރިޔާ ކުޑަކުޑަ ކުނިކޮޅެއް ލޮލަށް އެޅުނަސް ތަދުވެއެވެ. ފެންވަރާއިރު ލޮލަށް ސައިބޯނިއެޅުނީމަ އެނަގާ ދިލަވެސް ހާދަބޮޑެވެ. މިއީ އަދި ވަރަށްވެސް ކުދިކުދި ކަންކަމުގެ ވާހަކައެވެ. ލޮލަކީ ހާދަހާ ވާ ނާޒުކު، ހާދަ މުހިންމު އަދި އަނިޔާއެއް ވެއްޖެ ނަމަ ހާދަބޮޑަކަށް ދެރަވެ ތަދުވާ ގުނަވަނެކެވެ. އެ ބައްޕަ ކިޔައިދިނީ އޭނާގެ ދޮށީ ދަރިފުޅުގެ ލޮލުގެ ވާހަކައެވެ. ސުބްހާނަﷲ!

ގއ. ކަނޑުހުޅުދޫ/ ހަނދުވަރުދޭގޭ، މައުސޫމް ހަސަންގެ ދޮށީ ދަރިފުޅު 13 އަހަރުގެ ކުޑަމުހައްމަދު މަފާޒު މައުސޫމު ވަނީ ލޮލުގެ 17 އޮޕަރޭޝަނެއް ކޮށްފައެވެ. އެކަމަކު އަދިވެސް އެކުޑަކުއްޖާފުޅު ދަނީ ވޭން އުފުލަމުންނެވެ.

މަފާޒު

ދަރިއަކު ވޭނުގައި ތެޅިފޮޅޭތަން ލޯމަތިން ފެނުމަކީ ވަރަށް ބޮޑު ވޭނެކެވެ. މައުސޫމް ހަސަންގެ ހިތުގައި އަޅަމުންދަނީ މި ދެންނެވި ވޭނެވެ. ދަރިފުޅަށްޓަކައި ރެއާދުވާ މި ބައްޕަ އެހީއަށް އެދި އާދޭސް ކުރަމުން އެދަނީ ދަރިފުޅުގެ ލޮލުގެ ފެނުމުން މަހްރޫމްވެދާނެތީއެވެ. (ނައޫޛުބިއްލާހި، އެހެން ނުވާށި، އާމީން.)

އެންމެ ފުރަތަމަ މަފާޒަށް އަހަރެއް ނުވަނީސް 3 މަހުގެ ޗުއްޓީއެއްގައި އެމީހުންގެ ރަށަށް ގޮސް އުޅުނު އުޅުމުގެ ތެރޭގައި ލޮލުން ފެން އައިސް ލޯރަތްވެ ދޮސްއަންނަ ގޮތްވާންފެށިއެވެ. އެހިސާބުން ފެށިގެން ތުއްތު ދަރިފުޅު އެއް ޑޮކްޓަރުން އަނެއްޑޮކްޓަރަށް ދެއްކުމުގައި އެތައް ދުވަހެއް ވެ އެތައް ވަގުތެއް ދިޔަފަހުން އޭޑީކޭއިން މަފާޒު ބެލި ޑޮކްޓަރ ވިރާޖު ނަސޭހަތްތެރިވެ ހަރުކަށިކަމާއެކު ހަމަ ވަގުތުން މަފާޒު ގޮވައިެން ފުރައިގެން ރާއްޖެއިން ބޭރަށް ދިއުމަށެވެ.

އެހިސާބުން ފެށިގެން އިންޑިޔާގެ ޓައިޓޭނިޔާ ހޮސްޕިޓަލުން ފަރުވާ ކުރަން ފެށީ “ކެރެޓް ކޯނިއާ” އަށެވެ.

އުމުރުން މިއަދު 13 އަހަރުގެ މަފާޒު ވަނީ 17 ސާޖަރީ ހަދާފައެވެ. އެހެންނަަމަވެސް މި ސަތާރަ ސާޖަރީންވެސް މަފާޒުގެ ލޮލަކަށް ދާއިމީ ހައްލެއް ލިބިފައި ނުވެއެވެ.

މަފާޒާއި މަފާޒުގެ ބައްޕަ މައުސޫމް 

މަފާޒުގެ ލޮލަށް އެއްވެސް އެދެވޭ ބަދަލެއް ނައިސް ލޮލުގެ ހާލަތު ދަށަށް ދާތީ ދެންވެސް ފަރުވާއެއް ހޯދުމަށް މައުސޫމް ކުރަމުން ދިޔަ ހިތްވަރު ބޭކާރެއް ނުވިއެވެ. އެތައް މަސައްކަތުން މަފާޒުގެ ލޮލަށް އެދެވޭ ފަރުވާއެއް ލިބޭނެ މަގު މިވަނީ ފަހިވެފައެވެ. ހެޔޮއެދޭ އެތައް ބައެއްގެ ދީލަތި އެހީއާއެކު މައުސޫމު އިންޑިޔާއަށްވުރެ ދުރަށް ދަތުރުކޮށް މަފާޒުގެ ލޯ ރަނގަޅު ކުރެވޭތޯ ކުރި ހިތްވަރުގެ ނަތީޖާ ފުރިހަމައެވެ.

ތައިލެންޑްގެ ބުމަރަންގާޑް ހޮސްޕިޓަލަށް ކުރި ދަތުރުން މައުސޫމަށް އެނގުނު ކަމަކީ މަފާޒުގެ ލޮލަށް ފަރުވާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ނުފެނުނު ސަބަބު އެނގުނުއިރު މަފާޒުގެ ލޮލުގެ އަސްލު މައްސަލައާއި އެމައްސަލަ ރަނގަޅު ކުރެވޭނެ ގޮތްވެސް އެނގުނެވެ.

އާދައިގެ ކުޑަކުޑަ ބައްޔެއް ހުންނަ މީހަކުވެސް އިންފެކްޓް ވެއްޖެނަމަ ޑޮކްޓަރުން ފުރަތަމަ ބޭސްދޭނީ އެ އިންފެކްޝަން ނައްތާލުމަށެވެ. ބައްޔަށް ފަރުވާ ކުރާނީ ދެނެވެ. މަފާޒުގެ ލޯ އެހާ ބޮޑަށް ގޯސްވި އެއް ސަބަބަކީ އިންޑިޔާއިން އެ އިންފެކްޝަން ނައްތާނުލައި ކުރި ސާޖަރީތަކެވެ.

“މަފާޒު ލޮލުގައި ހުރީ ވަރަށް ބޮޑަށް އިންފެކްޝަން އުފެދިފައި. ކޮންމެފަހަރަކު އިންޑިއާއިން އިންފެކްޝަން ނައްތާ ނުލައި އޮޕްރޭޝަން ކޮށްފައިވާތީ އެއޮޕަރޭޝަންތަކުގެ ސަބަބުން އެސްފިޔަ އެޅެނީ ލޮލުގެ އެތެރެއަށް ކަމަށް ބުނީ. އަދި މިހާރު ހުރި ގޮތަށް ދޫކޮށްލެވިއްޖެ ނަމަ ލޮލުގެ ފެނުން އެއްކޮށް ގެއްލިދާނެ ކަމަށް ބުނި.

އެ މީހުން ބުނީ އިންފެކްޝަން ނައްތާލަން އިންޖެކްޝަނެއް ޖަހަންޖެހޭ ކަމަށް. އެ މީހުން ބުނީ އިންފެކްޝަން ނައްތާލަން އިންޖެކްޝަނެއް ޖަހަންޖެހޭ ކަމަށް. އެ އިންޖެކްޝަނަށް 1،048،360 ތައިލެންޑް ބާތު އަރާ. ހަތަރު މަސްވަންދެން ކޮންމެ މަހަކު ޖަހަންޖެހޭ،” މައުސޫމް ކިޔައިދިނެވެ.

އާންމުންގެ އެހީތެރިކަމާއެކު އެންމެ ފަހުންދިޔަ ނަމަވެސް އެ ހޮސްޕިޓަލަކީ ރާއްޖެއިން އާސަންދަ ލިބޭ ހޮސްޕިޓަލަކަށް ނުވުމާއެކު ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށް މައުސޫމް ބުންޏެވެ. މަފާޒުގެ ފަރުވާ ފުރިހަމަ ކުރެވޭނެ ކަމަށް ތައިލެންޑްގެ ބުމަރަންގާޑް ހޮސްޕިޓަލުން ދިން ނަމަވެސް ފަރުވާއަށް ހަތަރު މަސް އޮތުމުން މަފާޒު ގޮވައިގެން އަބުރާ ރާއްޖެ އަންނަން ޖެހުނެވެ.

މަފާޒްގެ ލޮލުގެ ހާލަތު….ފޮތޯ:މައުސޫމް

އިންޑިއާގެ މަޝްހޫރު ތިން ހޮސްޕިޓަލުން މަފާޒުގެ ލޮލަށް ފަރުވާ ލިބޭތޯ އެތައް އޮޕަރޭޝަނެއް ކުރެވުނު އިރު އެއްވެސް ކުރިއެރުމެއް ނުލިބުނަސް އަދު ތައިލެންޑްގެ (ބުމުރުންގާޑު) ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ދިވެހި އެތައް ރައްޔިތެއްގެ އެހީއާއެކު ކުރި ދަތުރުގެ ފޮނި ނަތީޖާއާއެކު އަދު މަފާޒަށް ފަރުވާ ކުރެވެން އޮތަސް އާސަންދަ ނެތް ހޮސްޕިޓަލަކުން ފަރުވާ ކުރުމަކީ ކުޑަ ހަރަދެއް ނޫނެވެ.

އަ ހޮސްޕިޓަލުގެ ބޭސް ފަރުވާގެ އަގު ކިތަންމެ ބޮޑު ކަމަށްވިޔަސް އެއީ ފަރުވާ ލިބެން އޮތް ހަމައެކަނި މަގެވެ. އެ ހޮސްޕިޓަލުގެ ޑޮކުޓަރުން ތަފާތު އެތައް ޓެސްޓެއް ހެދުމަށް ފަހު އުއްމީދުން ފުރިގެންވާ ވާހަކަތަކާއި ނަތީޖާތަކެއް ދިނެވެ.

“ހަތަރުމަސް ވަންދެއް ކޮންމެ ދެ ހަފުތާ އަކުން އެއް ފަހަރު ޖަހަންޖެހޭ އިންޖެކުޝަން ޖެހުމަށް އެ ހޮސްޕިޓަލުން ޑޮކުޓަރުން ވަނީ އެދިފަ. އެ އިންޖެކުޝަންތަކަށްފަހު އޮފެރެޝަނެއް ކުރަންވެސް ޖެހޭނެ ކަމަށް ޑޮކުޓަރުން ވަނީ ބުނެފައި، ކޮންމެހެންވެސް ހަދާފަވެސް ދާން މަޖުބޫރު،” މައުސޫމް ބުންޏެވެ.

މަފާޒު ގޮވައިގެން ތައިލެންޑްގެ އެ ހޮސްޕިޓަލަށް ދިއުމަށް ދިވެހި އެތައް ރައްޔިތެއްގެ އެހީ ލިބުނު ނަމަވެސް މަފާޒުގެ ލޮލުގެ ފަރުވާއަށް ޑޮކުޓަރުން ދެއްވި އިންޖެކުޝަނުން އެންމެ އިންޖެކުޝަން ގަންނަން ލިބެނީ ރުފިޔާ 39،301 ރުފިޔާ އަށެވެ. ހަތަރު މަސް ދުވަހަށްވާ އިންޖެކްޝަންގެ އަގަކީ 466،100 ދިވެހި ރުފިޔާއެވެ. ހަތަރު ލައްކަ ފަސްދޮޅަސް ހާސް ރުފިޔާއަކީ ކުޑަ އަދަދެއް ނޫނަށް ދަރިފުޅުގެ ފަރުވާއަށްޓަކައި މިބައްޕަ އެދަނީ ކޮންމެފަދަ ހާލެއްގައިވެސް މިފަރުވާ ދަރިފުޅަށް ދޭން މަސައްކަތް ކުރަމުންނެވެ.

ދަރިފުޅަށްޓަކައި ދީލަތި އެހީތެރިކަމެއް ދެއްވުން އެދި މި ބައްޕަ ކުރަމުންދާ އާދޭހުގެ އަޑު އައްސަވައި އެހީވެދިނުމަކީ އަޅުގަނޑުމެންގެވެސް އާދޭހެކެވެ. ހުވަދޫ ނޫހަށް މައުލޫމާތު ދިން އިރު ބައްޕައެއްގެ ހިތަށް ކުރާ އަސަރު ސިފަވަމުން ދިޔައެވެ. ދަރިފުޅު ގައިގައި އަޅާ ވޭން ބައްޕަގެ ގައިގައިވެސް އަޅަމުންދާފަދައެވެ.

ހެޔޮނިޔަތުގައި ﷲއަށްޓަކައި ކޮށްލާ ސޮދަގާތެއް ފަދައިން ދިއްކޮށްލާ އެހީ އެއް ބޭކާރު ވެގެނެއް ނުދާނެއެވެ.

“ﷲ ސުބްހާނަހޫ ވަތައާލާ މަފާޒުއަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުން އެދޭ ހާލު، މަފާޒަށް އަވަސް މުސްތަގުބަލެއްގައި މިހާލަތުން ސަލާމަތް ކުރައްވުމަށް ދީލަތިކަމުގެ އެހީއެއް ފޯރު ކޮށްދެއްވުމަށް އެދި އާދޭސް ކުރަމެވެ.”

މަފާޒަށް އެހީ ތެރިވުމަށް ފައިސާ ޖަމާކުރާނީ:

  • ބީއެމްއެލް ރުފިޔާ އެކައުންޓް ނަންބަރު: 7712216293101 (މައުސޫމް ހަސަން)

  • ބީއެމްއެލް ޑޮލަރު އެކައުންޓް ނަންބަރު: 7730000435922 (މައޫސޫމް ހަސަން)

  • އިތުރު މައުލޫމާތު ހޯދުމަަށް: 7798697 މައުސޫމް ހަސަން (މަފާޒުގެ ބައްޕަ)

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!