ޚަބަރު
ހުވާކުުރުމުގެ ރަސްމިއްޔާތަށް މިހާތަނަށް އައި ޗައިނާ ރައީސްގެ އެންމެ މަތީފަންތީގެ ވަފުދު ވަޑައިގަންނަވައިފި

އިންތިޚާބީ ރައީސް ޑ. މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވުމަށް، ޗައިނާގެ ރައީސްގެ ފަރާތުން ކަނޑައެޅުއްވި ޚާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު، ޝީއެން ވައި އައިޖިން ރާއްޖެ ވަޑައިގެންފިއެވެ.

ޗައިނާގެ ރައީސްގެ ޚާއްސަ މަންދޫ ރާއްޖެ ވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ވިދަޅުވީ އާ ސަރުކާރުގެ ފޮރިން މިނިސްޓްރީއާއި ހަވާލުވެވަޑައިގަންނަވާ މޫސާ ޒަމީރެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި މޫސާ ޒަމީރު “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޝީ ޖިންޕިންގެ ޚާއްސަ މަންދޫބަށް މަރުހަބާ ދެންނެވުމަކީ ލިބުނު އުފަލެއް ކަމަށާއި، ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު ބައިވެރިއެއްގެ ގޮތުން ޗައިނާއާއި އެކީ އޮންނަ ގުޅުމުގެ އަގު އަބަދުވެސް ރާއްޖެއިން ވަޒަން ކުރާނެކަމުގައެެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނި ޗައިނާގެ ރައީސް ޚާއްސަ މަންދޫބު ރާއްޖެއަށް ކުރައްވާ 4 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް އަންނަ ހޮނިހިރުދުވަހު ފުރާވަޑައިގަންނަވާނެ ކަމުގައެވެ. އަދި އެއަށްފަހު އެކަނާ ސްރީ ލަންކާގައިވެސް 4 ދުވަހު މަޑު ކުރައްވާނެއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން ބުނެފައިވަނީ ޑރ. މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް ސަރަހައްދީ ހުރިހާ ގައުމެއްގެ އިސްވެރިންނަށްވެސް ދައުވަތު ފޮނުވާފައިވާ ކަމުގައެވެ. ޑރ. މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:45 ގައި ޖުމުހޫރީ މައިދާނުގައެވެ

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!