ރިޕޯޓް
ދައުރުގެ ފަހު ދުވަސް: ރައީސް ސޯލިހު އަދިވެސް ގައުމަށްޓަކައި ހެއްޔެވެ؟

ދައުރު ފެއްޓެވީ ކަރަޕްޝަނަށް ކެތް ނުކުރާނަމޭ ވިދާޅުވަމުންނެވެ. ކަރަޕްޝަނަށް ޒީރޯ ޓޮލެރެންސް ކަމަށް ވިދާޅުވިއެވެ. ދައުރު ފެށިގެން އުޅުނު އިރު އެކަން ކުރުމަށް ރައީސް އޮފީހުން މީހުންގެ އަތަށް ކަށިގަނޑު ދިނެވެ. ގިނަ ބަޔަކު އެކަށިގަނޑު ފުމުނުވެސް މެއެވެ. ރައީސް އޮފީހުގައި އެކަށިގަނޑުތަކުން ފުމޭ އަޑު އަހާނެ މީހުންވެސް ބޭތިއްބިއެވެ. 

އެހެންނަމަވެސް މާކަ ގިނަ ދުވަހެއް ނުވެ އެކަށިގަނޑުތަކަށް ދިނީ ބީރު ކަންފަތެކެވެ. އަޑި އިވޭ މީހެއް ސަރުކާރު ތެރެއަކު ނެތެވެ. އެކަން ދާނެ ގޮތަކަށް ދިޔައީއެވެ. 

ރާއްޖޭގެ ސިޔާސީ ކަންކަމާ ވިސްނާ ހަރު މީހަކު ބުނީ ސަރުކާރުގައި ހިންގަން ތިބި މީހުން ސަރުކާރު ހިންގީ ހިންގާނެ ގޮތަކަށް ކަމަށެވެ. ރައީސް ސޯލިހަށް ވާނުވާ އެނގިވަޑައި ނުގަންނަވާ ހިސާބަށް ކަންކަން ދިޔައީ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ނަޝާތު އައްޔަންކޮށް މަގާމުގެ ލިޔުންކޮޅު ރައީސް ސޯލިހު އަރުއްވަނީ – ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހުގެ ވެރިކަމަކީ މާދަމާ މިފެށޭ ޑރ މުއިއްޒުގެ ވެރިކަން ފަދައިން ރައްޔިތުން ވަރަށް ބޮޑު އުންމީދުތަކެއް ކުރި ވެރިކަމެވެ. ކަންކަން ހެޔޮވެ، ރައްޔިތުންނަށް މަންފާ ލިބޭނެ ވެރިކަމަކަށް ވެގެންދާނެ ކަމަށް ވަރަށް ގިނަ މީހުން އުއްމީދު ކުރިއެވެ. ސަނާ ތަކާއި ޝުކުރުވެސް އޮހުނެވެ.

އެހެންނަމަވެސް މިވެރިކަމުގެ ދުވަސްތައް ދުވަހެއް ދުވަހަކަށް ވީ އަނދިރިއެވެ. ވެރިވަމުން ދިޔައީ ނާމާން ކަމެވެ. ނަތީޖާއަކަށްވީ ވައްކަމުގެ އިނގިލި ސަރުކާރަށް ދިއްކުރަމުން ދިއުމެވެ. އަދި އެކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ފެށިއެވެ. 

އެމްއެމްޕީއާރުސީގެ މައްސަލަ އަކީ މިސަރުކާރުން ބަލައިދޭނެ ކަމަށް ބުނި އެއް މައްސަލައެވެ. ދިވެހި ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައެވެ. މާދަމާ ދައުރު ނިމޭ ރައީސް ސޯލިހުގެ ވައުދު ނުފުއްދުނުތާ، ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ދެއްވީ މާފެވެ. ކުށަށް އިއުތިރާފްވެ ހުކުމް ކޮށްފައި ވަނިކޮށެވެ. 

އެމްއެމްޕީއާރުސީން ވަގަށް ނަގާފައިވާ އަދަދަކީ ކުޑަ އަދަދެއް ނޫނެވެ. ރާއްޖޭގައި މިހާރުވެސް އެންމެ ބޮޑުވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ގާތްގަނޑަކަށް ހައްލު ލިބޭނެ ވަރުގެ އަދަދެކެވެ. އެފަދަ ބޮޑު އަދަދެއް ދައުލަތުން ވަގަށް ނަގާފައިވާއިރު މާފު ދެއްވުމުން އެކަމުގައި ރައީސް ސޯލިހުގެ ބައިވެރިވުންވެސް އޮތްކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ. އަދި އެފަދަ ވާހަކަތައް ސޯޝަލް މީޑިއާގައި ދަނީ އާންމު ކުރަމުންނެވެ. 

ރައީސް ސޯލިހުގެ ދައުރުގެ އެންމެ ފަހު ހަފްތާ ނިމެމުންދާއިރު ފެންނަމުން މިދާ މަންޒަރު ތަކަކީ ވަރަށް އާދަޔާ ޚިލާފް މަންޒަރު ތަކެކެވެ. ފްލެޓްތައް ނުބެހިގެން އުޅޭ މަންޒަރާއި، ހަ ބިލިޔަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓަށް ހިފާ މަންޒަރާއި، އެކިއެކި ވަޒީފާތަކަށް މީހުން ހަމަ ނުޖެއްސިގެން އުޅޭމަންޒަރާއި، އަދި ތަންތަން ހިއްކަން ވައުދުވާ މަންޒަރުވެސް އެބަ ފެނެއެވެ. ސުވާލަކީ ހަމަ ގައުމަށްޓަކައި ހެއްޔެވެ؟

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!