ޚަބަރު
ޑރ. މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް ސްރީ ލަންކާގެ ރައީސް ރާއްޖެ ވަޑައިގެންފި

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، އަވައްޓެރި ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމެ ސިންގހެ ރާއްޖެ ވަޑައިގެންފިއެވެ.

ރަނިލް ރާއްޖެ ވަޑައިގަތުމުން އޭނާއަށް މަރުހަބާ ވިދާޅުވީ މިހާރު ފޮރިން މިނިސްޓަރ ޝާހިދުއާއި އާ ސަރުކާރުގެ ފޮރިން މިނިސްޓްރިއާ ހަވާލުވެވަޑައިގަންނަވާ މޫސާ ޒަމީރެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި ބޭރުގެ ގައުމެއްގެ އެންމެ މަތީ ވެރިއެއްގެ ހައިސިއްޔަތުން މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ ސްރީ ލަންކާގެ ރައީސް އެކަންޏެވެ.

އިންތިޚާބީ ރައީސްގެ އޮފީހުން ބުނެފައިވަނި ސަރަހައްދީ ހުރިހާ ގައުމެއްގެވެސް އެންމެ މަތީވެރިންނަށް ޑރ. މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް ދައުވަތު ފޮނުވާފައިވާ ކަމަށާއި، ވަކިވަކި ފަރުންނަށް ޚާއްސަކޮށްގެން ދައުވަތު ނުފޮނުވާ ކަމަށެވެ.

ގިނަ ގައުމުތަކުން ޑރ. މުއިއްޒު ހުވަ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގެންފައިވަނީ އެގައުމުގެ ވެރީންގެ ބަންދޫބުންނެވެ. މިގޮތުން މި ރަސްމިއްޔާތުގައި ދުނިޔޭގެ ގައުމުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން 180 ވަރަކަށް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!