ޚަބަރު
ރާއްޖޭގެ އުމުރުން 11 އަހަރުގެ ކުއްޖަކު ކެމިސްޓްރީ އިން އޭސްޓަރ އެއް ހޯދައިފި

2021 ވަނަ އަހަރު ދިވެހިރާއްޖޭގައި އޯލެވެލް ހެދި ކުދިންގެ ތެރެއިން ޕްރައިވެޓް ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރިވި އުމުރުން 11 އަހަރުގެ ދިވެހި ކުއްޖަކު ވަނީ ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އިމްތިހާނުގެ ކެމިސްޓްރީ މިމާއްދާއިން A* (އޭ ސްޓަރ) އެއް ހޯދާފައެވެ.

މިފަޚުރުވެރި ކާމިޔާބީ ހޯދާފައިވަނީ ގްރޭޑް 4 ގައި ކިޔަވަމުން އަންނަ ހއ. އިހަވަންދޫ، ވަފާ، ރަޔާން ރިޔާޒު އަބްދުލް ވާހިދު ކިޔާ ދަރިވަރެކެވެ.

ރަޔާން ކެމިސްޓްރީ މާއްދާއިން މުޅި ރާއްޖެ ހައިރާން ކުރާ ވަރުގެ ނަތީޖާއެއް ހޯދާފައި ވުމާއި ގުޅިގެން އެރަށުގެ މަސްވެރިންގެ ޖަމްއިއްޔާއިން ރަޔާން އަށާއި ރަޔާންގެ އާއިލާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައި ވެއެވެ.

އެ ޖަމްއިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި، އުމުރަކަށް ބެލުމެއްނެތި ކާމިޔާބު ހާޞިލު ކުރެވިދާނެކަމުގެ ފުރިހަމަ ހެކި ރަޔާން ވަނީ ދައްކާފައެވެ. އަދި ރަޔާންގެ މި ހިތްވަރާއި ކާމިޔާބީން، އިބްރަތް ހާޞިލްކޮށް، އެެހެން ކުދިންނަށް ހިތްވަރު ލިބި ކާމިޔާބީ އަކީ ވަކި އުމުރަކަށް އޮތް އެއްޗެއް ނޫންކަން އެނގިގެން ދާނެއެވެ. އަދި ރާޔާން މިހިތްވަރުން ރަޔާން ފަދަ ކޮންމެ ދަރިވަރަކަށްވެސް ހިތްވަރާއި މަސައްކަތުން ކާމިޔާބުގެ އެންމެ މަތީ ދަރަޖައަށް ހާޞިލްވުމަށް އެއްވެސް ހުރަހެއް ނެތްކަން ވަނީ އެނގިގެން ގޮސްފައެވެ.

ރަޔާން މިފަދަ ނަތީޖާއެއް ހޯދާފައިވާއިރު، މިއީ ރާއްޖޭގައި މިހާ ހަގު އުމުރެއްގެ ކުއްޖަކު އެފަދަ މާއްދާއަކުން އެހާ މަތިން ނަތީޖާ ހޯދި ފުރަތަމަ ފަހަރު ކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!